ބްރެޒިލްގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބެންކްއެއް ފަޅާލިކަމުގެ ތުހުމަތުގައި ގޭންގްއަަކަށް ނިސްބަތްވާ 25 މީހުން މަރާލައިފިއެވެ.

ބްރެޒިލްގެ އުތުރު ހުޅަނގުގައި އިން ރިއޯ ޑި ޖެނީރިއޯގެ އާއި 245 މޭލު ދުރުގައި އޮންނަ މީނާސް ގެރައިސްގެ ވިރްގިންހާ ސިޓީގެ 2 ފާމް ހައުސްއެއް ބަލާ ފާސްކޮށް މި 25 މީހުން މަރާލާފައިވަނީ ބޭންކްތައް ފަޅާ ވައްކަންކުރަމުން ދާކަމަށްބުނެއެވެ.

Ad
rt

ވިރްގިންހާ ސިިޓީގެ ފެޑެރަލް ޕޮލިސްއިން މަޢުލޫމާތުދީފައިވާ ގޮތުގައި ދެ ފާމް ހައުސް ބަލައި ފާސްކުރުމުން މި ގޭންގްގެ މީހުން އަތުގައި ބަރު ހަތިޔާރާއި އަސްކަރީ ހަނގުރާމަތަކުގައި ބޭނުން ކުރާ ޒާތުގެ ބަޑިއާއި މެޝިން ގަން އަދި ގޮވާ ތަކެތީގެ އިތުރަށް ބުލެޓް ޕްރޫފް ވެސްޓްވެސް އަތުލައިގެންފައިވާކަމަށް މަޢުލޫމާތު ދީފައިވެއެވެ.

މި ގޭންގްތަކަކީ ބްރެޒިލްގެ އުތުރު އިރުމަތީގެ ބްލެކް ލޭންޑްސްގައި 20 ވަނަ ގަރުނުގެ ކުރީ ކޮޅުން ފެށިގެން ވެރިކަންކުރަމުން އަންނަ "މޮޑާން ޑޭ ކޮންގާއޯ"އަށް ނިސްބަތްވާ ލީޑަރު ލަމްޕިއާއޯގެ ގޭންގްތަކެއް ކަމަށްވެސް ބްރެޒިލްގެ ފެޑެރަލް ޕޮލިސްއިން ހާމަކޮށްފައިވެއެވެ.

މިއީ މިހާތަަނަށް "މޮޑާން ޑޭ ކޮންގާއޯ" އަށް އަމާޒުކޮށް ބްރެޒިލްގެ ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އޮޕަރޭޝަންކަަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ގްރޫޕްއަށް ނިސްބަތްވާ ގޭންގްތަކުން މިހާތަނަށް ބްރެޒިލްގެ އުތުރުގެ ސަރަޚައްދުތަކަށް ނިސްބަތްވާ އެތައް ސިޓީއެއްގެ ބޭންކްތައް ފަޅައި ވައްކަންކޮށްފައިވާ ބައެއްކަމަށްވެސް ޕޮލިހުން ހާމަކޮށްފައިވެއެވެ.

ފާއިތުވި 2020 ވަނަ އަހަރުވެސް ބްރެޒިލްގެ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންތަކުގައި 6،400 މީހުން މަރާލާފައިވާއިރު، މި އޮޕަރޭޝަންތަކުގައި ފުލުހުންގެ 200 އޮފިސަރުންވެސް ވަނީ މަރުވެގެންގޮސްފައެވެ. މިއީ ފާއިތުވި އަހަރުތަކާއި އަޅާ ބަލާއިރު، މިގޮތަށް އޮޕަރޭޝަންތަކުގައި މަރުވާ މީހުންގެ ނިސްބަތުން 10 އިންސައްތަ އިތުރު ވުމެއްކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ.