ސްރީލަންކާ ކައިރީ އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ވަޔާއި ކަނޑު ގަދަވެ، ބޯކޮށް ވާރޭވެހޭނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފި އެވެ.

އެއޮފީހުން މިއަދު ބުނެފައިވަނީ ރާއްޖޭގެ އިރުއުތުރުން، ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖެސަރަހައްދުގައި ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.

Ad
rt

އާންމުކޮށް ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު
ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އެއިދާރާއިން ދަންނަވާފައިވެއެވެ.

މިއަދުގެ ހެނދުނުން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްގަކަށް ވައިޓް އެލާޓް ނެރެފައެވެ.

މީގެ އިތުރުން މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ވަނީ 2 ޖަހަންދެން ވައިޓް އެލާޓް ނެރެފަ އެވެ. އެ އޮފީހުން ބުނީ އެ ގަޑީގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.