މަރާލާ ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭން އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ.

އުނގޫފާރު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ބުޅާ ގިނަވެ އާންމު އުދަގުލަކަށް ވެފައިވާތީއެވެ. އުނގޫފާރު ކައުންސިލުން ބުނީ މިއީ ރަށުން ބުޅާ މަދުކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އުނގޫފާރު ކައުންސިލުން މިއަދު އާންމުކޮށް ކުރި އިއުލާނެއްގައި ބުނީ އަމިއްލަ ބޭނުންތަކަށް ގޭގައި ބުޅާ ގެންގުޅޭނަމަ ގެންގުޅެންވާނީ އާންމުންނަށް އުނދަގޫ ނުވާގޮތަށް ކަމަށެވެ.

އުނގޫފާރު ކައުންސިލުން ބުނީ މަގުމަތީގައި އުޅޭ ބުޅަލަކީ ވެރިޔަކު ނެތް ބުޅާ ކަމަށް މިހާރު ނިންމާފައިވާ ކަމަށާއި، ކައުންސިލާ ބުޅާ ހަވާލު ކުރަންވާނީ މަރާލާފައި ކަމަށެވެ. އަދި ކައުންސިލުން އެ އެއްޗެހި ރައްކާތެރިގޮތުގައި ވަޅުލާނީ ކަމަށެވެ.

ބުޅާ ބަލައިގަންނަން ނިންމާފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 11:00 އަށް ކައުންސިލުން އިދާރާއިން ކަމަށް ވެސް އިއުލާނުގައިވެ އެވެ. ބުޅާ މަދުކުރުމުގެ މި ޕްރޮގްރާމް އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ.