މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ހއ. އިހަވަންދޫގައި ރޭ ފަށައިފިއެވެ.
ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން ރޭ ފެށި މި މަހާސިންތާ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މި ތިން އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ 70 ބައިވެރިންނާއެކު ކުރިއަށް ގެންދާ މަހާސިންތާ ރޭ ފެށިއިރު އިއްޔެ ހެނދުނު ވަނީ މަހާސިންތާގެ ބައިވެރިންނަށް އަމާޒުކޮށްގެން "ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް"އެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
މި މަހާސިންތާގެ މަގުސަދެއްކަމުގައި ކަނޑައަޅާފައި ވަނީ، މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ގައުމީ ތަރައްގީއާއި، ހެޔޮވެރިކަން އަދި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމެވެ.
މި މަހާސިންތާގެ ބައިވެރިންނަށް އިވަންދޫން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ވެސް ކިޔާފައެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދަނީ ހދ. ކުޅުދުއްފުށީ ސިޓީގައެވެ. ޒުވާނުންގެ ދުވަހަކީ މިމަހުގެ 22 ވަނަ ދުވަހެވެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!