އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަލްޤައިދާގެ އިސް ލީޑަރަކު މަރާލައިފިކަމަށް އެގައުމުން ބުނެފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ހަމަލާ އަމާޒްކޮށް މަރާލާފައިވަނީ އަލްޤައިދާގެ ލީޑަރު އަބްދުލް ހާމިދު އަލް މައްތާރު ކަމަށް ވަނީ ބުނެފައެވެ.

Ad
rt

އަލްޤައިދާގެ ލީޑަރަކަށް އަމާޒުކޮށް އެމެރިކާއިން މި ހަމަލާދީފައި މިވަނީ މީގެ ދެދުވަސް ކުރިންނެވެ. އެމެރިކާއިން މިހަމަލާ ދީފައިވަނީ ސީރިޔާގެ ދެކުނުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ ލަޝްކަރަކަށްއަމާޒުކޮށް ހަމަލާތަކެއް ދީފައި ވަނިކޮށްކަމަށް ޚަބަރުތައް ބުނެއެވެ.

އަލްޤައިދާގެ ލީޑަރަށް އަމާޒުކޮށް ހަމަލާދީފައި މިވަނީ އަލްޤައިދާއިން އެމެރިކާގެ ރައްޔިތުންނަށާއި، އެގައުމުގެ ބައިވެރިންގެ އިތުރުން އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ދެމުންގެންދާ ޓެރެރިޒަމްގެ ހަރަކާތްތައް ހުއްޓުވުމަށްކަމަށް އެމެރިކާގެ އަސްކަރިއްޔާގެ މޭޖާ ޖީން ރިގްސްބީ ވަނީ ބުނެފައެވެ.

ޕެންޓެގަން އިން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަން ހިނގާފައިވަނީ ދެކުނު ސީރިޔާގަ އެވެ. އެމެރިކާއިން ބުނެފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުވެސް އެޖަމާއަތުގެ އިސްލީޑަރަކު މަރާލާފައިވާކަމަށެވެ.