އިސްލާމް މުދައްރިސުންނަށް "ތަހުޒީބީ އަޚްލާޤީ މުޖުތަމައަކަށް" މި ނަމުގައި ވޯކްޝޮޕެއް ބާއްވައިފި އެވެ.

މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށް ގެންދިޔަ ވޯކްޝޮޕް އެކެވެ. އެމިނިސްޓްރީން ވިދާޅުވީ މިއީ އިސްލާމްދީނާމެދު ހޭލުންތެރިކުރުވައި، އިސްލާމް ދީނާމެދު އުފެދިފައިވާ ކުށްހީތައް ފިލުވާލައި، ތަހްޒީބީ އަޚްލާޤީ މުޖްތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް ކަމަށެވެ.

Ad
rt

އިއްޔެ ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ މިނިސްޓްރީގެ ހޯލުގައެވެ.

74 ސުކޫލަކުން ޖުމްލަ 143 އިސްލާމް މުދައްރިސުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ. ހެނދުނު 08:30 އިން ހަވީރު 18:00 އަށް ގެންދެވުނު މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ ޝަރީޢަތުގެ މަޤާސިދުތައް، އިސްލާމީ ދިރިއުޅުމުގެ މަންހަޖު، މެދުމިން/ އިސްލާމްދީނާމެދު އުފެދިފައިވާ ކުށްހީތައް، ދަރިން ތަރުބިއްޔަތު ކުރުން އަދި ކުދިން ދެނެގަތުމާއި އިރުޝާދު ދިނުން މި މަޢުޟޫތަކަށެވެ.

މި ވޯކްޝޮޕްގައި ކިޔަވައިދެއްވީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚް ހުސައިން ޢަބްދުﷲ ސަޢީދު އަދި ޑރ.ސަޢުދުﷲ ޢަލީއެވެ.