ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސަށް

France

ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސް ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ ފައިނަލްމެޗު ފްރާންސުން ކާމިޔާބު ކޮށްފައިވަނީ ސްޕެއިންއާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ސްޕެއިނުންނެވެ. މި ލަނޑު 64 ވަނަ މިނެޓުގައި ސްޕެއިންގެ ކެޕްޓަން ބަސްކެޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މައިކަލް އޮޔާޒަބަލްއެވެ.

ސްޕެއިނުން ލަނޑުޖެހިތާ ދެ މިނެޓް ފަހުން ފްރާންސުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެމްޒެމާއެވެ. މެޗުން ފްރާންސް މޮޅުވިލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ތެއޯ ހެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ.

މި ލަނޑަށް ފަހު ސްޕެއިނުން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް ހަމަލާތަކެއް ވެސް ވަނީ ފޮނުވާލާފައެވެ. މިގޮތުނ އޮޔާޒަބަލް އަދި ޔެރެމީ ފޮނުވާލި ނުރައްކާތެރި ހަމަލާ ފްރާންސްގެ ކީޕަރު ލޮރިސް ވަނީ ދިފާއު ކޮށްފައެވެ.

މިއީ ޔުއެފާ ނޭޝަންސް ލީގުގެ ދެވަނަ މުބާރާތެވެ. ފުރަތަމަ މުބާރާތް 2018 ވަނަ އަހަރު ކާމިޔާބު ކޮށްފައި ވަނީ ޕޯޗުގަލްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *