Skip to main content
Topic Archive

#ފްރާންސް

23 Stories filed
ފްރާންސްގެ ހަމަނުޖެހުންތަކާ ހެދި ޕީއެސްޖީގެ މެޗު ފަސްކުރުމުން، ޑެމްބެލޭ އަށް ބެލޮންޑިއޯ ހަފުލާ ގެއްލިއްޖެ
Sports

ފްރާންސްގެ ހަމަނުޖެހުންތަކާ ހެދި ޕީއެސްޖީގެ މެޗު ފަސްކުރުމުން، ޑެމްބެލޭ އަށް ބެލޮންޑިއޯ ހަފުލާ ގެއްލިއްޖެ

ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ ވަރުގަދަ އަދި އަނިޔާވެރި މުޒާހަރާތަކާ ގުޅިގެން ފުލުހުން އެދުމުގެ މަތިން، އާދީއްތަ ދުވަހު ކުޅެން އޮތް ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އާއި ލިޔޯން ބައްދަލުކުރާ ލީގު 1 ގެ މެޗު ހޯމަ ދުވަހަށް ފަސްކުރުމާ ގުޅިގެން، އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑު ހާސިލްކުރި އުސްމާން ޑެމްބެލޭ އަށް ލަންޑަނުގައި ބާއްވާ މި އަހަރުގެ އެވޯޑު ދިނުމުގެ ހަފުލާ ގެއްލިއްޖެއެވެ. ފްރާންސްގެ ލީގު ހިންގާ އިދާރާ (އެލްއެފްޕީ) އިން ހުކުރު ދުވަހު ނެރުނު […]

ތާރީޚުގައި ފުރަތަމަ ފަހަރަށް 'ޝަމޮންޑާ' ވައިރަސް އިންސާނަކަށް ޖެހި މަރުވެއްޖެ
News

ތާރީޚުގައި ފުރަތަމަ ފަހަރަށް 'ޝަމޮންޑާ' ވައިރަސް އިންސާނަކަށް ޖެހި މަރުވެއްޖެ

ޖަނަވާރުންގެ މެދުގައި ފެތުރޭ ނުރައްކާތެރި ވައިރަހެއް ކަމަށްވާ “ޝަމޮންޑާ” ވައިރަސް ތާރީޚުގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑުން ފެނި، އެމީހާ މަރުވެއްޖެއެވެ. މިއީ މުޅި ދުނިޔޭގައިވެސް މި ވައިރަސް އިންސާނެއްގެ ގައިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު، މިކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ފްރާންސްގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މި ވައިރަސް ޖެހި މަރުވެފައި ވަނީ ފްރާންސް މީހެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް...

ތަކެތީގެ އަގުބޮޑުވެ ފްރާންސް ކޮންޓްރޯލުން ނެއްޓެނީ، ހާހެއްހާ ފުލުހުން ޒަޚަމްވެ ކާފިއު އިއުލާންކޮށްފި
International

ތަކެތީގެ އަގުބޮޑުވެ ފްރާންސް ކޮންޓްރޯލުން ނެއްޓެނީ، ހާހެއްހާ ފުލުހުން ޒަޚަމްވެ ކާފިއު އިއުލާންކޮށްފި

ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ދެކޮޅަށް ފްރާންސްގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވުމާ ގުޅިގެން، އެ ގައުމުގެ އުތުރުގެ ހަތަރު ސިޓީއެއްގައި ކާފިއު އިއުލާންކޮށްފިއެވެ. ފާއިތުވި ހަފުތާ ބަންދުގައި މުޅި ގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ 1،000 އެއްހާ އޮފިސަރުން ޒަޚަމްވެފައިވާއިރު، މަގުމަތީގެ ހާލަތު ކޮންޓްރޯލުން ނެއްޓެމުންދާތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ފުރުސަތު ވެސް ސަރުކާރުން ނަގައެއް ނު...

ފްރާންސްގައި ހަމަނުޖެހުން ބޮޑުވެ ކާފިއު އިޢުލާންކުރަން ބޮޑުވަޒީރު އަންގަވައިފި
International

ފްރާންސްގައި ހަމަނުޖެހުން ބޮޑުވެ ކާފިއު އިޢުލާންކުރަން ބޮޑުވަޒީރު އަންގަވައިފި

ހަފުތާ ބަންދުގައި ފްރާންސްގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާއި ވައްކަމާއި ލޫޓުވުންތަކާ ގުޅިގެން، އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހޯމަ ދުވަހުގެ އިރުއޮއްސޭ ވަގުތުން ފެށިގެން ވަކިވަކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ކާފިއު ހިންގުމަށް ނިންމައިފިއެވެ. މިނިސްޓްރީތަކުގެ މެދުގައި ބޭއްވި ކުއްލި ކާރިސާގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވީ، ހޯމަ ދުވަހުގެ ރެއިން ފެށިގެން ބައެއް ސަރަހައްދުތަކުގައި ކާފިއު...

ކަރުނަގޭހާއި އަލިފާން: ފްރާންސްގެ ހާލަތު ގޯހުން ގޯހަށް، ދިރިއުޅުމުގެ އަގުބޮޑުވެ، އާންމުން ނުކުމެ މުޅި ޕެރިސް ހިސޯރުކޮށްފި
International

ކަރުނަގޭހާއި އަލިފާން: ފްރާންސްގެ ހާލަތު ގޯހުން ގޯހަށް، ދިރިއުޅުމުގެ އަގުބޮޑުވެ، އާންމުން ނުކުމެ މުޅި ޕެރިސް ހިސޯރުކޮށްފި

ތަޢުލީމީ ދާއިރާގެ އިސްލާޙުތަކަށާއި، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި އާންމު ޚިދުމަތްތައް ދަށަށްދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ފްރާންސްގެ އެކި ކަންކޮޅުތަކުގައި ބައި މިލިއަނަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ. ހޮނިހިރު ދުވަހު ފްރާންސްގެ އެކި ސިޓީތަކުގައި 550،000 އަށް ވުރެ ގިނަ މީހުން އެއްވި އިރު، ވެރިރަށް ޕެރިހުގައި އެކަނިވެސް 110،000 އެއްހާ މީހުން ވަނީ މަގުތަކަށް ނުކުމެ އަޑުއުފުލައި، މުޅި ސަރަޙައްދު ހަލަބޮލިކޮށްލާފައެވެ. ޕެރިހުގެ ޕްލާސް ޑި ލ...

އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ ފަލަސްތީނާ އެއްކޮޅަށް ޕެރިހުގައި ބޭއްވުމަށް ރޭވި މުޒާހަރާއެއް މަނާކޮށްފި
International

އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ ފަލަސްތީނާ އެއްކޮޅަށް ޕެރިހުގައި ބޭއްވުމަށް ރޭވި މުޒާހަރާއެއް މަނާކޮށްފި

އާންމު މަސްލަހަތު ގެއްލިދާނެ ފަދަ ކަންތައްތަކެއް ހިނގައިދާނެ ކަމަށް ބުނެ، ފަލަސްތީނާ އެއްކޮޅަށް ބުދަ ދުވަހު ޕެރިހުގައި ބޭއްވުމަށް ރޭވި މުޒާހަރާއެއް، ފްރާންސްގެ ވެރިރަށް ޕެރިހުގެ ޕޮލިސް ޗީފް ޕެޓްރިސް ފޯރ އަންގާރަ ދުވަހު މަނާކޮށްފިއެވެ. މި މުޒާހަރާ ބޭއްވުމަށް ނިންމާފައި އޮތީ 7 އޮކްޓޫބަރު 2023 ގައި އިސްރާއީލަށް ދިން ހަމަލާތަކަށް ތިން އަހަރު ފުރޭ ދުވަހާ ދިމާކޮށެވެ. ޕެރިހުގެ ޕޮލިސް ޗީފް ޕެޓްރިސް ފޯރ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ވިދާޅުވީ، ދާޚިލީ […]

ޒިދާންގެ ފުރަތަމަ މެޗުގެ ކުރިން ފްރާންސަށް ސޮކެއް: ކޮނާޓޭއަށް އަނިޔާވެ ސްކޮޑުން ވަކިވެއްޖެ
Sports

ޒިދާންގެ ފުރަތަމަ މެޗުގެ ކުރިން ފްރާންސަށް ސޮކެއް: ކޮނާޓޭއަށް އަނިޔާވެ ސްކޮޑުން ވަކިވެއްޖެ

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވިފަހުން އެ ޓީމު ކުޅޭ ފުރަތަމަ މެޗުގެ ކުރިން، ތަމްރީނުތަކުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސެންޓްރަލް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ގައުމީ ސްކޮޑުން ވަކިވެ، އޭނާ ކުޅެމުންއަންނަ ކްލަބް ރިއާލް މެޑްރިޑަށް އެނބުރި ގޮސްފިއެވެ. ފްރާންސްގެ ގައުމީ ޓީމުން ބުނި ގޮތުގައި، ބުދަ ދުވަހު އޮތް ފަރިތަކުރުންތަކުގައި ކޮނާޓޭއަށް ތަދު އިހުސާސްކުރެވުނީ އޭނާގެ ކަނާތްފަރާތު ކަކުލަށެވެ. އަދި އެއަށްފަހު ހެދި ސްކޭންތަކުން ކޮނާޓޭގެ ކަކުލަށް ކުޑަކޮށް...

ޣައްޒާގެ ހާލަތާމެދު ދުނިޔެ ހިމޭނުން އޮތުމަކީ ލަދުވެތިކަމެއް: މެކްރޯން
International

ޣައްޒާގެ ހާލަތާމެދު ދުނިޔެ ހިމޭނުން އޮތުމަކީ ލަދުވެތިކަމެއް: މެކްރޯން

ޣައްޒާގެ ހާލަތާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅެއް ނާޅައި ހިމޭނުން އޮތްނަމަ ދުނިޔޭގެ އިޢުތިބާރު ގެއްލިގެންދާނެ ކަމަށް ވިދާޅުވެ، އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކަކީ “ލަދުވެތި” ކަމެއްގެ ގޮތުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ސިފަކުރައްވައިފިއެވެ. އދ. ގޭ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން މެކްރޯން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓިފައިވާ ހުއްޓުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މެކްރޯން ވިދާޅުވީ ޣައްޒާއަށް ސުލްޙަ އަތު...

ޒިދާންގެ 'ހުވަފެން' ހަގީގަތަކަށް، ފްރާންސްގެ ކޯޗުކަމާ ހަވާލުވެއްޖެ
Sports

ޒިދާންގެ 'ހުވަފެން' ހަގީގަތަކަށް، ފްރާންސްގެ ކޯޗުކަމާ ހަވާލުވެއްޖެ

ފްރާންސްގެ ގައުމީ ޓީމުގެ އާ ކޯޗަކަށް ޒައިނުއްދީން ޒިދާން އަންގާރަ ދުވަހު ހަމަޖައްސައިފިއެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފް.އެފް.އެފް) ގެ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިއުލާން ކުރެއްވީ އެ ފެޑެރޭޝަންގެ ރައީސް ފިލިޕް ޑިއާލޯއެވެ. ޒިދާނަށް ދީފައިވަނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ. މި މަގާމާ ހަވާލުވުމަށްފަހު ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރި ޒިދާން ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. “މި ފުރުސަތަށް އަހަރެން އިންތިޒާރު ކުރާތާ...

ފަރަންސޭސިވިލާތުން ފުރަތަމަ ފަހަރަށް އެބޯލާ ކޭހެއް ފެނިއްޖެ
International

ފަރަންސޭސިވިލާތުން ފުރަތަމަ ފަހަރަށް އެބޯލާ ކޭހެއް ފެނިއްޖެ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިޝަނެއްގައި އުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ޑޮކްޓަރަކު އެބޯލާ ވައިރަހަށް ފައްސިވެފައިވާކަން ފަރަންސޭސިވިލާތުން ކަށަވަރުކޮށްދީފިއެވެ. މިއީ އެ ގައުމުން މި ބަލި ފެނުނު ފުރަތަމަ ފަހަރެވެ. ފަރަންސޭސި ހެލްތު މިނިސްޓްރީން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އެ ޑޮކްޓަރު މިހާރު ވަނީ ޚާއްސަ ފަރުވާދޭ މަރުކަޒެއްގައި އެޑްމިޓްކޮށްފައެވެ. އަދި އޭނާގެ ހާލަތު މިހާރު ސްޓޭބަލް ކަމަށްވެސް އެ މިނިސްޓްރީން ބުނ...

އެމްބާޕޭގެ ހިތްގައިމު ލަނޑުތަކާއެކު ފްރާންސުން ފެށީ ބޮޑު މޮޅަކުން
Sports

އެމްބާޕޭގެ ހިތްގައިމު ލަނޑުތަކާއެކު ފްރާންސުން ފެށީ ބޮޑު މޮޅަކުން

ވޯލްޑް ކަޕް 2026 ގައި ފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕް ފްރާންސުން އަންގާރަ ދުވަހު ކުޅުނު ފުރަތަމަ މެޗުން ސެނެގާލް 3-1 އިން ބަލިކޮށް، މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް، ދެވަނަ ހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ ދެ ލަނޑު ކާމިޔާބުކޮށް، ވޯލްޑް ކަޕްގެ ތާރީޚުގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދު […]

ފްރާންސްގައި ނިކޮޓިން ޕައުޗް މަނާކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއަކާއި ޖަލު ހުކުމެއް
International

ފްރާންސްގައި ނިކޮޓިން ޕައުޗް މަނާކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއަކާއި ޖަލު ހުކުމެއް

ފްރާންސްގެ ހެލްތު މިނިސްޓްރީން މަޝްހޫރު ‘ޒިން’ (Zyn) ޕައުޗް ހިމެނޭހެން ނިކޮޓިން އެކުލެވޭ ގިނަ އުފެއްދުންތަކެއް މަނާކޮށްފިއެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުގެ ބޮޑު ޖޫރިމަނާއެއް އަތުވެދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިންޒާރު ދީފައެވެ. މި މަނާކުރުން އަމާޒުކޮށްފައިވަނީ އަނގައިގެ ޒަރީއާއިން ބޭނުންކުރާ ނިކޮޓިން ޕައުޗްތަކާއި ގަމް ލޮޒެންޖަސް ފަދަ ތަކެތި ބޭނުންކުރުމާއި، ހޯދުމާއި، ގެންގުޅުމާއި އަދި ވިއްކުމަށެވެ. މި ގާނޫނާ ހިލާފު...

ފަލަސްތީނަށް ތާއީދުކުރާ އެމްޕީ ރީމާ އަށް އެގައުމުގެ ފުލުހުން ފާރަލަމުންދާކަން ފަޅާއަރައިފި
International

ފަލަސްތީނަށް ތާއީދުކުރާ އެމްޕީ ރީމާ އަށް އެގައުމުގެ ފުލުހުން ފާރަލަމުންދާކަން ފަޅާއަރައިފި

ފަލަސްތީނަށް ތާއީދުކުރައްވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރެއް ކަމަށްވާ ރީމާ ޙަސަނަށް ފަރަންސޭސި ފުލުހުން ސިއްރުން ފާރަލަމުންދިޔަކަން ފަޅާއަރައި، ފެންމަތިވި ރިޕޯޓަކާ ގުޅިގެން، ފަރަންސޭސި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަރަންސޭސިވިލާތުގެ ތަޙުޤީޤީ ނޫހެއް ކަމަށްވާ ‘މީޑިއާޕާޓް’ އިން ވަނީ ރީމާ ޙަސަންގެ ފޯނު ލޮކޭޝަން މެދުވެރިކޮށް، އޭނާ ދާ ތަންތަނާއި ދުވަހުގެ ތާވަލު ފުލުހުން ވަރަށް ގާތުން ބަލަމުން ގޮސްފައިވާކަން ހާމަކޮށްފަ...

ފްރާންސުން ވެސް އެމެރިކާ އަށް ނޫނެކޭ ބުނެ ވައިގެ ސަރަހައްދު ނުދިން
International

ފްރާންސުން ވެސް އެމެރިކާ އަށް ނޫނެކޭ ބުނެ ވައިގެ ސަރަހައްދު ނުދިން

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި، އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ފަރަންސޭސިވިލާތުގެ ވައިގެ ސަރަހައްދާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރުން އެ ގައުމުން މަނާކޮށްފިއެވެ. ސްޕެއިނުން ފެށި މި ހަރަކާތުގައި ފަރަންސޭސިވިލާތުން ބައިވެރިވުމާއެކު، ނޭޓޯ އިއްތިހާދުގެ ތެރޭގައި ބޮޑު ރޫޅުމެއް އުފެދިފައިވާކަން ވަނީ ހާމަވެފައެވެ. ބުދަ ދުވަހު ފެންމަތިވި މި ނިންމުމަކީ “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ދެވަނަ މަސް ފެށިގެންދާއިރު އެމެރިކާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އިއްޔެ ފަ...

ޑްރޯން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ
International

ޑްރޯން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

އިރާގުގެ އުރުބީލް ސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާކަން ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން 13 މާރިޗު 2026 ވީ ހުކުރު ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ. މިއީ މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ، އިޒްރޭލު އަދި އީރާނުގެ މެދުގައި ފެށުނު ހަނގުރާމަ ވަރުގަދަވި ފަހުން، އެ ސަރަހައްދުގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މަރުވި ސިފައިންގެ މީހަކީ “ސެވަންތް ބެޓޭލިއަން އޮފް ޗެސާސް އަލްޕިންސް” އަށް ނިސްބަތްވާ […]