ޝަހީމް ލިޔުއްވި "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރެފި
އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ ރައީސް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ”އިސްލާމީ ނަޒަރިއްޔާތު” ފޮތް ރޭ ނެރެފިއެވެ. އިލްމު އިންސްޓިޓިއުޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބުދުﷲ މުޝްތާޤް ރަޝާދެވެ. އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާކަން ވެސް ކުރައްވާފައިވާ ޝަހީމް ލިޔުއްވި މި ފޮތުގައި ގައުމު ބިނާކުރުމާއި، ދައުލަތް ހިންގުމާއި، ވެރިކަން ހިންގުމުގެ އިދާރީ ނިޒާމާއ...