ކުޅުދުއްފުށި ސިޓީގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ އެމްއެންޑީއެފްގެ ނޮދަރން އޭރިއާގެ ފަޔަރ އެންޑް ރެސްކިއު ޓިމުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

އެމްއެންޑީއެފްއިން ވިދާޅުވެފައިވާ ގޮތުގައި ކުޅުދުއްފުށީ ސިޓީގެ 13 މުއައްސަސާއެއްގެ 227 ފަރާތެއް މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ތަމްރީން ހޯދާފައި ވެއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމުގައި ބައިވެރިވި 13 މުއައްސަސާއަށް ފަޔަރ އެންޑް ރެސްކިއުގެ އޮފިސަރުން ޒިޔާރަތްކުރައްވާ އެތަންތަނުގެ ފަޔަރ އިންސްޕެކްޝަނެއްވެސް ކުރިއަށްގެންދެވިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްޑީއެފްއިން ގެންދަވަނީ އެ މުއައްސަސާއާއި ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކޮށް، ތަމްރީން ދިނުމުގެ އެކި ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްއެންޑީއެފްގެ މަރުކަޒުތައް ގާއިމުކޮށްފައިވާއިރު، އެ މަރުކަޒުތަކުން ދަނީ ކާރިސާތަކުގައި އެ ސަރައްދުތަކަށް ކުރިމަތިވާ ކަންކަމަށް ވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

މީގެއިތުރުން ހާލު ބޮޑުވެ، އިތުރުފަރުވާއަށް ބޭނުންވާ ބަލިމީހުން ރާއްޖޭގެ ކަންކޮޅުތަކުން މާލޭއަށް އުފުލުމާއި، މަސްވެރިކަމުގައި އުޅެނިކޮށް އަނިޔާވާ މަސްވެރިންނަށް އަވަސް ފަރުވާ ލިއްބައިދިނުމަށާއި، އަލިފާނުގެ ހާދިސާތަކުގައި އެމްއެންޑީއެފްގެ ވަރަށް ބޮޑު އެހީތެރިކަމެއް އަންނަނީ ފޯރުކޮށްދެމުންނެވެ.