ހދ. ހަނިމާދޫ ގައި ކައްކަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ނިންމައިފިއެވެ.

މި ކޯސް އިންތިޒާމް ކޮށްފައިވަނީ ހަނިމާދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންނެވެ.

Ad
rt

ހަނިމާދޫ ކައުންސިލް އިން ނެރުއްވާފައިވާ އިއުލާނެއްގައި ވާގޮތުން މި ކޯސް އަމާޒުކޮށްފައި ވަނީ ހަނިމާދޫ ގައި ތިބި ކެއްކުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށެވެ.

މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ސިޓީ އަދި އެ ފަރާތުގެ އައިޑީ ކާޑު ކޮޕީ އެ ކައުންސިލްގެ އިދާރާ އަށް ހުށައަޅައި ނަންނޯޓުކުރެވޭނެ ކަމަށް ހަނިމާދޫ ކައުންސިލް އިން ވިދާޅުވި އެވެ.

މިމަހުގެ 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެދުވަހުގެ ހެނދުނު 10:00 ކުރިން ނަންނޯޓު ކުރެއްވުމަށް ވެސް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.

މި ކޯހުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސަނީ ހަނިމާދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ނެވެ.