ށ. ޅައިމަގު ސްކޫލުގައި 8 ކުލާސް ރޫމާއި މަލްޓިޕާރޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން 05 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ ޅައިމަގު ސްކޫލުގެ 8 ކްލާސްރޫމް އާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭއިރު، އެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 7 ސެޕްޓެންބަރ 2021 އިން 28 ސެޕްޓެންބަރު 2021 އަށް، އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. ޑް 03، GC01 ގެ ގްރޭޑް 04 އަދި GC01 ގެ ގްރޭޑް 05 އަށް ޝަރުތުހަމަވާ ފަރާތަކަށް ވުން ވެސް ވަނީ ލާޒިމް ކޮށްފައެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 8 ސެޕްޓެންބަރ 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމުގައި މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައި ވަނީ މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/80,000ރ (އަށްޑިހަ ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށާއި، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަސް ކަމަށެވެ.
ބިޑު ހުޅުވުން 2021 ސެޕްޓެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!