ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި
ށ. ޅައިމަގު ސްކޫލްގެ ”ކްލަބް ލަކުސަނަ”އިގެ ފަރާތުން ނެރޭ ލުއިފޮތް ”ފަށަން”ގެ ދެވަނަ އަދަދު ނެރެފިއެވެ. މި ލުއި ފޮތަކީ ކްލަބް ލަކުސަނައިގެ ފަރާތުން މަހަކު އެއްފަހަރު ނެރޭ ލުއި ފޮތުގެ ސިލްސިލާގެ ދެވަނަ ފޮތެވެ. މި ފޮތުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު ތާރީޚްގެ ބައިގައި ”ށ.އަތޮޅުގައި ސިއްޚީ ޚިދުމަތް ދޭ ފުރަތަމަ މަރުކަޒު”ގެ ސުރުޚީގެ ދަށުގައި ގެނެސްދީފައިވާ ލިޔުމުގައި ށ.އަތޮޅުގައި އެންމެ ފުރަތަމަ ސިއްޚީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކޮށް ޚިދުމަތްފަށާފައި ވަނީ 25 ޑިސެމްބަރު 1970 […]