އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ހއ. އިހަވަންދޫން ޕޮޒިޓިވްވި މީހުންގެ ޢަދަދަދު 22 އަށް އަރައިފިއެވެ.
ކުޑަހުވަދޫ ކްލަސްޓާއަށްފަހު މިހާތަނަށް 22 މީހަކު އެރަށުން ޕޮޒިޓިވްވިއިރު 6 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އެހެންކަމުން މިވަގުތު އިހަވަންދޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 16 އެވެ.
ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 655 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 540 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އަދި ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދަކީ 93 އެވެ.
އިހަވަންދޫން ބަލީގެ އަލާމަތް ހުރެގެން ޑޮކްޓަރަށް ދެއްކި 2 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. އިހަވަންދޫ އައިމިނާދިއޯ ސިއްޙީމަރުކަޒުން ވިދާޅުވި ގޮތުގައި އެ ދެ މީހުންނަކީ މިމަހުގެ 19 ވަނަ ދުވަހު ފުލޫ އަލާމާތްތަކާއިއެކު އެ މަރުކަޒަށް ޑޮކްޓަރަށް ދެއްކި 11 އަހަރުގެ ކުއްޖަކާއި 44 އަހަރުގެ އަންހެނެކެވެ.
ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ 17 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.
އެރަށުން އިތުރު ކޭސްތައް ޕޮޒިޓިވް ވަމުންދާތީ، ޑޮކްޓަރަށް ދެއްކުން ފަދަ އެންމެހާ ޚިދުމަތްތައް ހޯދުމުގެ ކުރިން އެ މަރުކަޒުގެ ނަންބަރު 6500501 އަށް ގުޅުމަށްފަހު ދެއްވާ އިރުޝާދާއެއްގޮތަށް އަމަލުކުރުމަށް އައިމިނާދިއޯ ސިއްހީމަރުކަޒުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!