ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ހއ. އިހަވަންދޫގެ އެއްވެސް ރައްޔިތަކު އެހެން ރަށަކަށް ދަތުރު ނުކުރާކަކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

އެ ކައުންސިލުން ވިދާޅުވި ގޮތުގައި އިހަވަންދޫއަކީ އެ އަތޮޅު ރަށްތަކުގެ ތެރެއިން ތަފާތު ބޭނުންތަކުގައި އެންމެ ގިނައިން ދަތުރުކުރާ ރައްޔިތުން ދިރިއުޅޭ ރަށެވެ. ނަމަވެސް މިހާތަނަށް އުސޫލާ ހިލާފަށް އިހަވަންދޫގެ އެއްވެސް ރައްޔިތަކު ދަތުރު ނުކުރާކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

Ad
rt

ކޯވިޑް-19 ގެ ހާލަތުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހުއްދަދެމުންދަނީ ދަތުރުހުއްދަ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އެހެންކަމާއެކު އިހަވަންދޫއިން އެހެން ރަށްތަކަށް ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރަމުންދަނީ އުސޫލުގެ ތެރެއިން ކައުންސިލް މެދުވެރިކޮށް ހުއްދަ ނަގައިގެން ކަންވެސް އެ ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮވިޑާއި ގުޅިގެން އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒްކުރުމުގައި، ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށް އެ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.

ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ 17 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.

ކުޑަހުވަދޫ ކްލާސްޓަރގެ އިތުރުން ރެންޑަމް ސާމްޕަލްތަކެއްވެސް އެރަަށުން ވަނީ ޕޮޒިޓިވް ވެފައެވެ. އެރަށުގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި 15 އެކްޓިވް ކޭސް އެބަ ތިއްބެވެ.