ޖަޕާނަށް ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން 2 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަމަށް ކަމާއި ބެހ އިދާރާތަކުން ހާމަކޮށްފި އެވެ.

ވާރޭ ވެހި ފެންބޮޑުވުމާއި ގުޅިގެން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ ފުކުއޯކާ އަދި ހީރޯޝީމާއަށެވެ. ނަގަސާކީ ޕްރިފެރެންސްގެ ގެއަކަށް ލިބުނު ގެއްލުމާއި ގުޅިގެން އަންހެނަކު މަރުވެފައިވާކަމަށާއި އޭނާގެ ފިރިމީހާގެ އަދި ދަރިފުޅު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ޚަބަރުތައްބުނެއެވެ.

Ad
rt

150 އަށްވުރެ ގިނަ ފަޔަރފައިޓާރސް އަދި ޕޮލިހުންގެ ފައުޖެއް ފެންބޮޑުވެފައިވާ ހިސާބުތަކުގައި ޚަތަކާތްތެރިވަމުންދާކަމަށް އެއިދާރާތަކުން ހާމަކޮށްފައިވެއެވެ. މިފަރާތްތަކުން ޚަރަކާތްތެރިވަމުން އަންނަނީ ބޯވިއްސާރައިގައި ގެއްލިފައިވާ މީހުން ހޯދުމާއި ޗަކަ ހެދިފައިވާ ސަރަޚައްދުތައް ބަލާ ޗެކްކުރުމަށެވެ.

ކުރިއަށް އިތްދުވަސްތަކުގައިވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން އެކި ޤައުމުތަކުގައި އަންނަނީ ފެންބޮޑުވެ ގިނަ ބަޔަކު ހާލުގަޖެހެމުންނެވެ.