ޗައިނާގެ އެކި ސިޓީތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ރެޑް އެލާރޓް ނެރެފި އެވެ.

ފެންބޮޑުވުމާއި ގުޅިގެން މިހާތަނަށް 21 މީހުން ވަނީ މަރުވެފައިވާއިރު އެޤައުމުގެ މެދު ތެރޭގެ ސިޓީތަކުގެ ތެރެއިން ހުބެއި ސިޓީ ފެންބޮޑުވެ 6000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަމަށް ޗައިނާގެ ޤައުމީ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.

Ad
rt

މަރުވެފައިވަނީ ދެކުނު ޕްރޮވިންސްގެ ސުއިޒޮއުގެ ލިއުލިން ޓައުންއަށް ނިސްބަތްވާ ބަޔަކުކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ވާރޭ ވެހި ފެންބޮޑުވެފައިވާ ސަރަޚައްދުތަކަށް ކަރަންޓާއި ދަތުރުފަރުތު ކުރުމުގެ ނިޒާމާއި މުވާސަލާތީ ގުޅުންތަކަށް ބުރޫއަރާފައިވާކަމަށް ޚާބަރުތައް ބުނެއެވެ. އަދި 2000 އަށްވުރެ ގިނަ ގޭބީސީތަކާއި ފިހާރަތަކަށް ފެނުގެ ސަބަބުން ބޮޑެތި ގެއްލުންތައްވަނީ ލިބިފައެވެ.

ބުދަ ދުވަހާއި ބުރާސްފަތި ދުވަހުކޮށްފައިވާ ވިއްސާރައިގެ ސަބަބުން ސުއިޒޮއު ސިޓީގެ ބައެއް ޓައުންތަކުގައި 3.9 އިންޗިއަށް ފެންބޮޑުވެފައިވާކަމަށް ރެކޯރޑު ކުރެވިފައިވެއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އެމޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވެފައިވަނީ އެޤައުމުގެ ސުއިޒޮއު، ޒިއަންގްޔަންގް އަދި ޒިއައޯގަން ސިޓީއަށެވެ.