ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒުނާ އަހުމަދު ހދ އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ކުޅުދުއްފުށި ސިޓީ އަށް ވަޑައިގަންނަވައިފި އެވެ.
ކުޅުދުއްފުށިން ރައީސްއަށް މަރުހަބާ ދެންނެވީ މޭޔަރ މުޙައްމަދު ޢާޠިފް އަދި ސިޓީ ކައުންސިލްގެ މެންބަރުންނާއި މުވައްސަސާތަކުގެ އިސްވެރިންނެވެ.
މިދަތުރު ފުޅުގައި އެސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައި، މުއައްސަސާތަކުގެ އިސްވެރިންނާއި އެ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވަން ވަނީ ހަމަޖައްސައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ހދ އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ކުޅުދުއްފުށި ސިޓީ އަށް ވަޑައިގަންނަވައިފި. ކުޅުދުއްފުށިން ރައީސްއަށް މަރުހަބާ ދެންނެވީ މޭޔަރ މުޙައްމަދު ޢާޠިފް އަދި ސިޓީ ކައުންސިލްގެ މެންބަރުން.@presidencymv pic.twitter.com/26LXn9Ihrt
— Kulhudhuffushi City Council (@kfcitycouncil) July 16, 2021
ކުޅުދުއްފުށި ސިޓީއަށްފަހު ދެން ރައީސް ސޯލިހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަމަޖެހިފައިވަނީ ހދ. ކުމުންދޫއަށާއި އެއަތޮޅު ހަނިމާދޫއަށެވެ.
ރައީސް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން އިދިކޮޅުން ވަނީ އިޙްތިޖާޖް ކޮށް އަޑު އުފުލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!