އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހިންގަމުން އަންނަ ސީޕްލޭން ޓާމިނަލް މެއިން އޭރިޔާގައި ކެފޭއެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފިއެވެ.

ކެފޭއާއިއެކު އެ ކުންފުނިން އެއާޕޯޓުގައި ހިންގަމުން އަންނަ ހުވަނދުމާ ލައުންޖަށް ކޭޓެރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، ނިމިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު ވެސް އެ ކުންފުނިން ވަނީ އިޢުލާން ކޮށްފައެވެ. ނަމަވެސް އެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދެއްގެ ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް 13 ޖުލައި 2021 ގައި އަނެއްކާ މިވަނީ މިކަމަށް ބިޑް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައެވެ.

Ad
rt

މިކަމާއި ގުޅިގެން މިއަދު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ކުންފުނީގެ އީމެއިލް moohath.mohamed@iasl.aero ، procurement.admin@iasl.aero އަދި mohamed.ziyau@iasl.aero އަށް މެއިލް ކުރައްވައިގެން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަޢުޤުވެރިކަން ފާޅުކުރެއްވުމަށެވެ. ޝައުގުވެރިކަން ފާޅު ކުރައްވާ ފަރާތްތަކަށް ސައިޓް ވިޒިޓް ސެޝަން ހަމަޖެއްސުމަށްޓަކައި، މި ސެޝަން އަށް ވަޑައި ގަންނަވާ ބޭފުޅުންގެ އައިޑީ ކާޑު ކޮޕީ މެއިލް އާއި އެކު ފޮނުވުމަށް ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރަން ބޭނުންފުޅުވާ ފަރާތްތަކުން އީމެއިލް ކުރުމަށާއި ނުވަތަ އެ ކުންފުނީގެ ނަމްބަރު 3331230، 3024763 ގުޅައިގެން އިތުރު މަޢުލޫމާތު ސާފްކުރަމުން ގެންދިޔުމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.