ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މި އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގާފައިވާ ޕާލިމަންޓަރީ އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އަރުވައިފިއެވެ.

މިއަދު މި ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވާފައި ވަނީ އިންކުއަރީ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

Ad
rt

އިއްޔެ މި ރިޕޯޓްވަނީ ދިވެހިރާއްޖޭގެ ރައީސުން ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިތުރުން ރައީސް މުޙައްމަދު ނަޝީދަށް ވެސް އަރުވާފައެވެ.

އިއްޔެ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސްއަށް އިންކުއަރީ ރިޕޯޓް އަރުވާފައިވާއިރު، އެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިޞްލާހު ކުރަން ހުރި ކަންކަން އިޞްލާހު ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގައި އެ މަނިކުފާން ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް ވަނީ، މި ރިޕޯޓް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލައްވާ ހުށައެޅުއްވި ކަމަށްޓަކައި ކޮމިޓީގައި މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.