ހދ. ހަނިމާދޫއިން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، 19 ޖޫން 2021 ގައި ނެގި 59 ސާމްޕަލް ގެ ތެރެއިން 09 ސާމްޕަލް ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ.

Ad
rt

އެއީ ޑައިރެކްޓް ކޮންޓެކްޓްވީ 6 ފަރާތަކާއި ރޯގާގެ އަލާމާތް ހުރެގެން ޓެސްޓުކުރި ދެ ސާމްޕަލަކާއި ރެންޑަމް ސާމްޕަލް އެކެވެ. މިއަދު ޕޮޒިޓިވްވި އެންމެންނަކީ ވެސް ހަނިމާދޫ އަށް ނިސްބަތްވާ މީހުންނެވެ.

އިތުރު 9 މީހަކު ޕޮޒިޓިވްވުމުން، މިހާރު އެރަށުން ބަލިޖެހިފައިވާ މީހުންގެ އަަދަދު މިވަނީ 39 އަކަށް އަރާފައެވެ.

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އިނގުނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން އެކަކީ ހަނިމާދޫ ސްކޫލްގެ ދަރިވަރެކެވެ.

އެ ދެ ކޭހަށްފަހު މިހާތަނަށް 39 މީހަކު އެރަށުން ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ބައެއް ދަރިވަރުންނާއި، ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑަކްޓަރެއް ވެސް ހިމެނެއެވެ.

އެދުވަހުން ފަށައިގެން ހަނިމާދޫ އޮތީ މޮނިޓަރިން ހާލަތުގައިއެވެ.