މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 783.88 މިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މީރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އިދާރާއިން އަންދާޒާ ކުރި ވަރަށްވުރެ 16.7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ މިދިޔަ އަހަރުގެ މެއި މަހު އެ އިދާރާއިން ބަލައިގަތް އާމްދަނީއަށްވުރެ 283.6 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީ ދަށްވީ ކޮވިޑް-19އާ ހެދި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، މާލކެ ސަރަހައްދުގައި ލޮކްޑައުން އިއުލާންކުރުމުގެ ސަބަބުންނެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 496.19 މިލިއަން ރުފިޔާ ވަނީދައުލަތަށް ލިބިފައެވެ.
މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 32.79 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!