މަރުވެ، ގިނަ ދުވަސް ވެފައިއޮތް ޒުވާނާ ވަޅުލައިފި

73106F12-42D7-4E64-969C-44FCEDE14184

މަރުވެ، ގިނަ ދުވަސް ވެފައިއޮތް ޒުވާނާ ވަޅުލައިފި އެވެ.

އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ ރޭ ދަންވަރު 2:33 ހާއިރު ގަލޮޅުގެ ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު އާއިލާގެ މީހަކަށެވެ. އެ ޒުވާނާ ވަޅުލާފައިވަނީ މިއަދު ހެނދުނު އެވެ.

އުމުރުން 28 އަހަރުގެ އަންހެން މީހާގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދު ހެނދުނު 8:45 ގައި އާސަހަރާ މިސްކިތުގަ އެވެ.

ފުލުހުންގެ ފޮރެންސިކް ޓީމުން މިއަދު ފަތިސްވަންދެން އެސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފަ އެވެ. އާސަހަރާއަށް އެޒުވާނާގެ ހަށިގަނޑު ބޮޑީ ބޭގަކަށް ލައިގެން ގެންގޮސްފައިވަނީ ފަތިހު 5 ޖަހާއިރެވެ.

އެސަރަހައްދުގައިހުރި ތިލަދުންގެ ނޫސްވެރިއަކަށް މަޢުލޫމާތުދެމުން އެޒުވާނާގެ އެެއްބަނޑު އެއްބަފާ ދައްތައެއް މަޢުލޫމާތު ދެމުން ބުނީ އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ 5 ވަރަކަށް ދުވަސް ކުރިން ކަމަށެވެ.

އޭނާ ދިރިއުޅެމުން އައީ އޭނާގެ އަމިއްލަ ގޭގައި ކަމަށާއި އޭނާ ދިރިއުޅޭ ކޮޓަރި ބެލީ އެތަނުން ކުނިވަސް ދުވާތީ ކަމަށް ބުންޏެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައި ކަމަށާއި މީގެ ކުރިން ކޮޓަރީގައި އުޅޭނަމަ އަބަދުވެސް ދޮރު ތަޅުލައިގެން އުޅޭކަމަށް އޭނާ ފާހަގަ ކުރި އެވެ.

އޭނާގެ ކޯވިޑް ޓެސްޓެއް އައިޖީއެމްއެޗްގެ ޓީމަކުން އާސަހަރާއަށް ގޮސް ވަނީ ހަދާފަ އެވެ. ނަމަވެސް ނަތީޖާއެއް އަދި ނުލިބެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ރޭ ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *