ހދ. ކުޅުދުއްފުށީގައި ކުނި އަންދާ އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް މެކްސްޓާ މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކު އަދި މާފުށީގައިވެސް އިންސިނެރޭޓަރު ބެހެއްޓުމަށް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި މެކްސްޓާ މޯލްޑިވްސް އިން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިބްރާހިމް އެވެ.
މި މަޝްރޫއުތަކުގެ ދަށުން ތިން ރަށުގައި ދުވާލަކު ހަތަރު ޓަނުގެ ކުނި އެންދޭނެ އިންސިނެރޭޓަރުތަކެއް ބަހައްޓާނެ އެވެ. މިތަކެތި އެ ރަށްރަށަށް ގެންދަނީ ތިލަފުށިންނެވެ. ކުޅުދުއްފުށިގައި އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފުރިހަމަ ކުރަން ކަނޑައަޅާފައި ވަނީ ހަތަރު މަސް ދުވަހެވެ.
Contract signed for the dismantling, transferring and installation of an Incinerator from K. Thilafushi to K. Maafushi . Value: MVR 1,89,611.37 | Duration: 45 days | K.Maafushi - Zone 3 #SaafuRaajje #Zone3 pic.twitter.com/Y2mTp7ev4g
— Min. of Environment, Climate Change and Technology (@MoEnvmv) September 17, 2019
ކުޅުދުއްފުށީގައި އިންސިނެރޭޓަރު ބަހެއްޓުމުގެ މަސައްކަތަށް 2.3 މިލިއަން ރުފިޔާ ހަމަޖައްސާފައި ވެ އެވެ.
މި ރަސްމިއްޔާތުގައި ރާއްޖެ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓްރީން އަންނަނީ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދަން މަސައްކަތްކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!