މެދެކެނޑުމްކަށްފަހު މޯލްޑިވިއަންއިން ބަނގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރަމުންދިޔަ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ދަތުރުތައް މެދުކަނޑާލީ ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރުން އިތުރުވުމާއެކު އެގައުމަށް ބައިނަލްއަގުވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެޤައުމުގެ ސަރުކާރުން މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން، މޯލްޑިވިއަނުން ވަނީ އޭޕްރީލްމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ޑާކާއަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއްކެންސަލްކޮށްފައެވެ.

Ad
rt

މޯލްޑިވިއަންއިން ބުނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ޑާކާއަށް ކުރަމުންއައި ދަތުރުތައް އަލުން ފަށާނެކަމަށެވެ. އަދި ހަފުތާއަކު 3 ދަތުރު ޑާކާއަށްކުރާނެކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ރާއްޖެ ލޮކްޑައުން ކޮށް ބަންގްލަދޭޝުގެ ރައްޔިތުން އެ ގައުމަށް ގެންދިއުމުގައިވެސް މޯލްޑިވިއަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުންބަންގްލަދޭޝަށް ވަނި ފޮނުވައިފައެވެ.