ހއ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19 އަަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

އެމީހާ ފްލޫ ކްލިނިކަށް ދެއްކީ ބަލީގެ އަލާމާތް ފެނިގެންނެވެ. އެމީހާގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

Ad
rt

އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މިރޭގެ އިރާކޮޅު އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް "ތިލަދުން"އަށް މައުލޫމާތު ހިއްސާކުރަށްވަމުން ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހާއަކީ ރަށުން ބޭރުގައި އުޅެފައި ރަށަށް އައިސްހުރިމީހެއް ވެސް ނޫންކަމަށާއި، އޭނާއަކީ އާންމުކޮށް ރަށުގައި ހުންނަ މީހެއްކަމަށެވެ.

ބައެއް ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ދިއްދޫވަނީ މީގެ ކުރިން ވެސް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ދިއްދޫން މީހަކު ޕޮޒިޓިވްވިއިރު ރާއްޖޭގައި ދަނީ ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންނެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން 29،835 މީހަކަށް ކޯވިޑް ބަލި ޖެހިފަ އެވެ.