މޯލްޑިވް ގޭސްއިން މިހާރުވެސް ވިއްކަމުންދާ ލުއި ފުޅީގެ އާ ދެ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
މި ދެ ޕެކޭޖަކީ މޯލްޑިވްސް ގޭސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ޓޯޓަލް ސޮލިއުޝަނެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި ޕެކޭޖުތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން އިއްޔެ އެ ކުންފުނިން ތައާރަފުކުރި ޕެކޭޖުތަކުގެ ތެރޭގައި ލުއި ބޭސިކް އަދި ލުއި ސްޓޭންޑާޑް ހިމެނެއެވެ. އެ ދެ ޕެކޭޖްގެ ދަށުން ގޭސް ފުޅި ހިލޭ ގުޅައިދޭނެ ކަމަށްވެސް މޯލްޑިވް ގޭސްއިން ބުންޏެވެ.
ލުއި ބޭސިކް ޕެކޭޖްގައި 10 ކިލޯގެ ގޭސް ފުޅިއަކާއި ފަސް ފޫޓުގެ ހޮޅިއެއްގެ އިތުރުން ދެ ކްލިޕާއި ސިލިންޑާ ރަޖިސްޓްރޭޝަން ހިމެނެއެވެ. އެ ޕެކޭގް އަގަކީ 1250 ރުފިޔާއެވެ.
ލުއި ސްޓޭންޑާ ޕެކޭޖްގައި، ލުއި ބޭސިކްގައި ހިމެނޭ ހުރިހާ ފީޗާތަކާއެކު ލޮކް ކުރެވޭ ސޭފްޓީ ރެގިއުލޭޓަރެއްވެސް ވަނީ ހިމަނައިފައެވެ. އެ ޕެކޭޖްގެ އަގަކީ 1435 ރުފިޔާއެވެ.
ލުއި ފުޅިއަކީ ހިފައިގެންގުޅެން ލުއި އަދި ބޭނުންކުރުމަށް ސަލާމަތީ ގޮތުން އެންމެ ރަނގަޅު ގޭސްފުޅި އެވެ. ލުއި ފުޅި ގޭހަކީ އޭގެ ސަލާމަތީ އެތައް ޓެސްޓެއް ހެދިފައިވާ ކިތަންމެ ހޫނު ވިޔަސް ގޮވައިގެން ނުދާ އަދި ބޭރުގައި ދަބަރު ވެސް ނުޖަހާނެ ފަދަ ގޮތަކަށް ތާއްޔާރު ކުރެވިފައިވާ ފުޅިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!