ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.
މިގޮތުން ބުރާސްފަތި އަދި ހުކުރު ދުވަހު ދިއްދޫ ބޮޑު މަގުގެ ދެ ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުން 86،711.75 ރުފިޔާއާއި، 81 ޔޫއެސް ޑޮލަރު ވަނީ ހޯދާފައެވެ.
މި ހަރަކާތާއި ގުޅޭގޮތުން މިޑްލް ސްޕޯޓްސް ކްލަބްއިން ބުނީ، މި ހަރަކާތުގައި ބައިވެރިވެ، ފަޞީލަށް އެހީވުމަށް ކުޑަނަމަވެސް މިންވަރެއް ހޭދަކުރިއެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެ ހަރަކާތުގެ ފުރަތަމަ ދުވަހު ސްޓޯލްތަކުގައި ފަޞީލަށް އެހީވުމަށް 410 ޓީޝާޓް ވިއްކިއެވެ. އެއީ އެހަރަކާތުގައި ވިއްކުމަށް ތައްޔާރުކޮށްގެން ގެންދިޔަ ހުރިހާ ޓީޝާޓެކެވެ. އެހެންކަމުން ދެވަނަ ދުވަހުގެ ހަރަކާތުގައި ވަނީ ޓީޝާޓް ޕްރީ-އޯޑަރއަށް ގަތުމުގެ ފުރުޞަތު ދީފައެވެ. 150 ރުފިޔާއަށް ވިއްކި މިޓީޝާޓްތައް ފުރަތަމަ ދުވަހު ވިކިހުސްވީ ދޮޅުގަޑިއިރު ތެރޭގަ އެވެ. މީގެއިތުރުން އެ ސްޓޯލްތަކުގައި ވަނީ މިނީ ޕިއްޒާއާއި، ކޭކު ކަހަލަ އެކިކަހަލަ ލުއިކާނާ ވިއްކާފަ އެވެ.
ފަޞީލަށް އެހީތެރިވުމަށް މިޑްލް ސްޕޯޓްސް ކްލަބުން ހަރަކާތްތަކެއް ހިންގާފައިވާއިރު، ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި އާއިލާގެ ތެރެއިން ކިޑްނީއެއް ވެސް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާގެ ކަންކަން އަދި ހަމަޖެހިފައިނުވެއެވެ. ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ތި އެންމެ ބޭފުޅުންގެ އެހީތެރިކަމަށް އޭނާ ދަނީ މިވަގުތު އެދެމުންނެވެ.
ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ޓަކައި އެހީތެރިވުމަށް ތިރީގައިވާ އެކައުންޓް ނަމްބަރުތަށް ޚިޔާރު ކުރައްވާށެވެ.
ބީއެމްއެލް ރުފިޔާ އެކައުންޓް ނަމްބަރ:
7701137139101
Mohamed fazeel
ބީއެމްއެލް ޑޮލަރު އެކައުންޓް ނަމްބަރ
7701137139102Mohamed Fazeel
ފަޞީލްގެ ފޯނު ނަމްބަރ: 7915770
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!