ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވައިފި

Post

ހއ. ދިއްދޫގައި ޕޯސްޓް އޮފީހެއް ގާއިމުކޮށް، ރަސްމީކޮށް އެ އޮފީސް މިރޭ ހުޅުވައިފިއެވެ.

އެކަމަށްޓަކައި ދިއްދޫގައި މިރޭ ކުރިއަށްދާ ރަސްމިއްޔާތުގައި ދިއްދޫ ޕޯސްޓް އޮފީސް ހުޅުއްވައި ދެއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދާއި، އެކުންފުނީގެ ޗެއާމަން މުޙައްމަދު ޢަބުދުﷲ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ދިއްދޫ ކައުންސިލްގެ ރައީސްއާއި، އަދި ދިއްދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.

ޕޯސްޓް އޮފީހުން ވިދާޅުވީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި، ޕޯސްޓުގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ، ސަރުކާރުގެ މުހިންމު އަމާޒަކަށްވާތީ، މި އަމާޒަށް ވާސިލްވުމަށްޓަކައި މޯލްޑިވްސް ޕޯސްޓުން މަސައްކަތްކުރަމުންދަނީ ޚިދުމަތްތަކާއި އޮޕަރޭޝަނާއި ނެޓްވާރކް ފުޅާކޮށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާ ހަމައަށް ޕޯސްޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިއްދޫން ޕޯސްޓްގެ ޚިދުމަތް ލިބިގެންދިޔުމަކީ އެރަށުގެ ރައްޔިތުން ކުރަމުންއައި އުންމީދެކެވެ.

ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވިއިރު، ތިލަދުންމަތީގެ އަތޮޅެއް ކަމަށްވާ ހދ. އަތޮޅުގައި 2 ޕޯސްޓް އޮފީހެއް ހުރެއެވެ. އެއީ ކުޅުދުއްފުށީ ސިޓީގައި ހުންނަ ޕޯސްޓް އޮފީހާއި، އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ޕޯސްޓް އޮފީހެވެ.

ރާއްޖޭގައި ފޯރުކޮށްދެމުންދާ ޕޯސްޓްގެ ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ފުޅާކޮށްފައިވާ، 114 އަހަރު ވެފައިވާ ޚިދުމަތެކެވެ. މޯލްޑިވްސް ޕޯސްޓްގެ އަސާސީ ޚިދުމަތް ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ލިބެން ހުންނައިރު، އަތޮޅުތަކުގައި ވަނީ ޕޯސްޓް އޮފީސްތައް ވެސް ގާއިމުކޮށްފައެވެ. އަދި މޯލްޑިވްސް ޕޯސްޓުން އަންނަނީ އެންމެފަހުގެ ޒަމާނީ ޕޯސްޓްގެ ޚިދުމަތްތައް ވެސް ރާއްޖޭގައި ތަޢާރުފްކޮށް، ފޯރުކޮށް ދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި