ތިލަދުންމަތި ދެ ރަށެއްގެ ނަރުދަމާ ހޮޅި ވަޅުލާނެ ބަޔަކު ހޯދަނީ

MWSC

ތިލަދުންމަތި ތަކަންދޫއާއި ވަށަފަރުގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ ހޮޅިވަޅުލުމާއި ޕަމްޕިންގ މެއިން ނެޓްވޯކް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ މި ދެ ޕްރޮޖްކްޓުގެ މަސައްކަތް މިހާރު ބީލަމަށް ހުޅުވާލައިފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ.

އެމްޑަބްލިއުއެސްސީން ބީލަން ފޮތެއް ލިބޭނީ 500ރ. އަށެވެ. އެ ކުންފުނިން ބީލަން ފޮތަށް ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ފޮތް ދޫކުރާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.

ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތައް

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި މުއްދަތު ހަމަނުވާ ނެޝަނަލްކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން އޮންނަ ފަރާތަކަށްވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.

މި ޕްރޮޖެކްޓުގެ ތެރެއިން ތަކަންދޫ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު ހެނދުނު 10:30ގައެވެ. އަދި ވަށަފަރު  ބައްދަލުވުންބާއްވާނީ އެ ދުވަހު ހެނދުނު 11:00 ގައެވެ.

މި ޕްރޮޖެކްޓުތަކަށްއެދި އޭޕްރިލް  11އިން ފެށިގެން ބިޑު ހުށަހެޅޭނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10،000ރ. ހުށަހަޅަން ޖެހޭނެއެވެ. އަދި ބިޑްއެވާރޑްކުރާ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 އިންސައްތަ ބިޑް އެވާރޑްކުރާތާ 14 ދުވަސްތެރޭގައި ހުށައަޅަން ޖެހޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި