ކޯވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން، ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓް ކުރި މާބަނޑުމީހާ ބަލިން ރަނގަޅުވެއްޖެއެވެ.

އޭނާ ބަލިން ރަނގަޅު ވުމާއެކު މިއަދު ވަނީ އެ ސެންޓަރުން ދޫކޮށްލާފައެވެ. އެއީ ބަނޑަށް 36 ހަފްތާގެ ވެފައިވާ މާބަނޑު މީހެކެވެ. އަދި އެއީ އެ ސެންޓަރުން ފަރުވާ ދިނުމަށްފަހު ދޫކޮށްލި 14 ވަނަ ކޯވިޑް ބަލިމީހާއެވެ.

Ad
rt

ށ. ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ''ތިލަދުން''އަށް ވިދާޅުވީ، ،ިވަގުތު ވެސް ކޯވިޑް ބަލީގެ އިތުރު4 މީހަކު އެ ސެންޓަރުގައި އެޑްމިޓް ކުރެވިފައިވާ ކަމަށެވެ.

''މި ސެންޓަރު ގާއިމުކުރީއްސުރެ އަބަދުވެސް ބަލިމީހަކަށް ފަރުވާ ދެވެމުންދޭ، މިހާރުވެސް4 މީހުން އެބަތިބި، އަނެއްކާ އިތުރު 2 މީހަކު އެބަ ގެނެވޭ'' ޒުމްރަތު ވިދާޅުވިއެވެ.

ޒުމްރަތު ވިދާޅުވީ، އެ ސެންޓަރުގައި މަސައްކަތް ކުރަމުން، ހޮސްޕިޓަލްގައި ވެސް ޚިދުމަތް ކުރުމުގައި އެ ހޮސްޕިޓަލްގެ ނަރުހުން ދަނީ ވަރަށް ބޮޑު ހިތްވަރެއް ކުރަމުން ކަމަށެވެ. ނަރުހުންގެ ދަތިކަން އޮތް ނަމަވެސް ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި އެއްވެސް ކަމެއް އުނި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިވަގުތު އެ ސެންޓަރުގައި އެޑްމިޓް ކުރެވިފައި ތިބީ ހއ. ބާރަށުން ޕޮޒިޓިވްވި 4 މީހެކެވެ. މިހާރު ގެންނަން ނިންމާފައި ވަނީ ހއ. ދިއްދޫން ޕޮޒިޓިވްވި 2 މީހެކެވެ.

ޒޯން 1 ކޮވިޑް ސެންޓަރ ހުޅުވުނީ 16 ޖުލައި 2020 ގައެވެ. އެ ސެންޓަރަކީ ފުރަތަމަ އަތޮޅެއްގައި ކޯވިޑް ބަލި މީހެއް އެޑްމިޓްކުރި ސެންޓަރެވެ. ޖުލައި 28 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރެވުނީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ.