ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިސްވެރިން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަން ނިންމައިފި އެވެ.
އިގްތިސޯދީ ކޮމެޓީގެ މުގައްރިރުގެ ނައިބު އަދި މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) މީޑިއާތަކަށް ވިދާޅުވީ، އެޗްޕީއޭ މަޖިލީހަށް ހާޒިރުކުރަން ނިންމާފައި ވަނީ ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަލުތަކާއި ވިޔަފާރިތަކަަށް ގެއްލުންތައް ވަމުންދާތީ ކަމަށެވެ.
އެޗްޕީއޭ ކޮމިޓީއަށް ހާޒިރު ކުރުމަށް އެޖެންޑާކޮށްފައިވަނީ މާދަމާ އަށެވެ.
އެޗްޕީއޭގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން ނިންމިއިރު، ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމުންނަށް ކެފޭ/ ރެސްޓޯރެންޓްތަށް ރޭގަނޑު 8 ޖަހާއިރު ބަންދުވާ ގޮތަށް ވޭތުވި ތިން ހަފުތާއެއްހާ ދުވަހަށް އެޗްޕީއޭއިން އާންމުކުރި އުސޫލު ބަދަލުކޮށް މިރޭން ފެށިގެން އެތަންތަނުން 10:30 އާ ހަމަައަށް އާންމުންނަށް ޚިދުމަތް ލިބޭގޮތް ވަނީ ހަދާފަ އެވެ.
އެޗްޕީއޭގެ އިސްވެރިން މިމަހު ކުރީކޮޅުވެސް މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އެއީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ހެދި ގަވައިދުތަކުގެ ސަަބަބުން އިންތިހާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނަށް ހުރަސްތަކެއް އެޅެމުންދާތީ ކަަމަށް ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!