ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން އަތޮޅުތަކުގެ ބައިން އެންމެ ދަށް އިންޑެކްސް އެއް ހޯދި ކައުންސިލްއަކަށް ހދ. އަތޮޅު ކައުންސިލް ވެއްޖެ އެވެ.

2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. މިގޮތުން ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާއިން އެއްވަނަ އަތޮޅު ކައުންސިލަކަށް ހޮވިފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލެވެ. ކޮޅުމަޑުލު އަތޮޅު ކައުންސިލް 2 ވަނައަށް ހޮވިފައިވާއިރު 3 ވަނަ ހޯދާފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލެވެ.

Ad
mooomoo 1

މި އިންޑެކްސްގެ ތެރެއިން އުތުރުގެ އަތޮޅު ތަކަށް ބަލާއިރު ހއ. އަތޮޅަށް ލިބިފައިވަނީ 10 ވަނަ އެވެ. ށ. އަތޮޅަށް 4 ވަނަ ލިބިފައިވާ އިރު ނ. އަތޮޅަށް ލިބިފައިވަނީ ފަހަތުން ދެވަނަ އެވެ.

މި އިންޑެކްސްއިން 1 ވަނަ ރަށު ކައުންސިލަކަށް ހޮވިފައިވަނީ ފ.ނިލަންދޫ ރަށު ކައުންސިލެވެ. އަދި 2 ވަނައަށް ކ.ހުރާ ކައުންސިލް ހޮވިފައިވާއިރު 3 ވަނަ ހޯދާފައިވަނީ އއ.މަތިވެރީ ކައުންސިލެވެ.

ވަކިވަކި އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ރޭންކިންގއަށް ބަލާއިރު ހއ. އަތޮޅުން އެންމެ މަތީ މާކްސް އެއް ހޯދާފައިވަނީ ހއ. ތުރާކުނު ކައުންސިލް އެވެ. 2 ވަނަ އަށް ހއ. މޮޅަދޫ ކައުންސިލް އަދި 3 ވަނަ އަށް ހއ. އުތީމު ކައުންސިލް އެވެ.

ހދ. އަތޮޅުން 1 ވަނަ ހދ. ނެއްލައިދޫ ހޯދި އިރު 2 ވަނަ ހޯދާފައިވަނީ ހދ. ކުރިނބީ ކައުންސިލް އެވެ. 3 ވަނަ ލިބިފައިވަނީ ހދ. ވައިކަރަދޫ ކައުންސިލް އަށެވެ. ށ. އަތޮޅަށް ބަލާލާއިރު 1 ވަނަ ލިބުނީ ށ. ފުނަދޫ ކައުންސިލް އަށެވެ. 2 ވަނަ ށ. ފޯކައިދޫ ކައުންސިލް އަދި 3 ވަނަ ގޮއިދޫ ކައުންސިލް އަށެވެ.

ޖުމްލަ 5 ސަބް އިންޑީސަސް އެއްގެ އެވްރެޖްގެ މައްޗަށް ބިނާކޮށް 2016 ވަނަ އަހަރުންފެށިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކައުންސިލްތައް އަންނީ ރޭންކު ކުރަމުން ނެވެ.