މޯލްޑިވްސް ޕޯސްޓުން ޕޯސްޓަލް ބޭންކިންއާ ބެހޭ ސާވޭއެއް ފަށައިފިއެވެ.

މި ސާވޭ ތައާރަފު ކޮށްދެއްވީ މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަން އަހުމަދު މައުސޫމެވެ. މި ސާވޭއަކީ މާކެޓުގައި ހުރި ވިޔަފާރީގެފުރުސަތުތައް ބެލުމަށް ހަދާ ފީސިބިލިޓީ ސްޓަޑީގެ ދަށުން ފެށި ސާވޭއެކެެވެ.

Ad
rt

މި ސާވޭ ތައާރަފުކޮށްދެއްވައި އަހުމަދު މައުސޫމް ވިދާޅުވީ ޕޯސްޓަލް ބޭންކެއް ވާން ޖެހޭނީ “ވަން ސްޓޮޕް ޝޮޕް” އަކަށް ކަމަށެވެ. މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭމީހުންނަށް ވެސް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ނިޒާމުގެ ދަށުން ކުދި ވިޔަފާރިތަކަށާއި އަމިއްލަ ވިޔަފާރި ހިންގާ ފަރާތްތަކުގެ އިތުރުން ދަނޑުވެރިންނާއި މަސްވެރިންނަށް ފައިނޭންސް ހޯދަންއިތުރަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޯސްޓުން ވަނީ އެ ކުންފުނިންދޭ ފައިނޭންޝަލް ހިދުމަތްތައް ފުޅާކޮށް، ޕޯސްޓަލް ބެންކިންގެ ހިދުމަތް ފެށުމަށާއި އެކަމަށް ހުރި ފުރުސަތުތައް ދިރާސާކުރުމަށް ފާތިމަތުޝަފީގާ އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

ޕޯސްޓަލް ބޭންކިން އަދި ތަފާތު ފައިނޭންޝަލް ހިދުމަތްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕޯސްޓް މެދުވެރިކޮށް، ހާއްސަކޮށް ރަށްފުށުގެ އާބާދީތަކަށްފޯރުކޮށްދޭ ހިދުމަތެކެވެ.