މަލިކުގެ އަލީ މަނިކުފާނަށް ޕަދްމާ ޝްރީ އެވޯރޑް ލިބިވަޑައިގެންފި

E094D32A-0F4A-440B-BB75-C0AC156E1439

ކަނޑުގެ ދިރުންތައް ދިރާސާ ކުރައްވާ ސައިންޓިސްޓެއް ކަމަށްވާ، މަލިކަށް އުފަން އަލީ މަނިކުފާނަށް އިންޑިޔާ ސަރުކާރުގެ ފަރާތުން ދެމުން އަންނަ ޕަދްމާ ޝްރީ އެވޯރޑް ލިބިވަޑައިގެންފިއެވެ.

އިންޑިޔާގައި ދެވޭ އެންމެ މަތީ ފަންތީގެ އެވޯރޑެއްކަމަށްވާ ޕަދްމާ ޝްރީ އެވޯރޑު އަލީ މަނިކުފާނު ހާސިލުކުރައްވާފައިވަނީ 'ގްރާސްރޫޓް އިނޮވޭޝަންސް"ގެ ދާއިރާއިންނެވެ.

މުރައިދުގަނޑުވަރު އަލީ މަނިކުފާނަކީ މުޅި މަލިކަށް މަޝްހޫރު، ބޮޑު ޢިލްމުވެރިއެކެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީވެސް މަލިކަށް މަޝްހޫރު ބޭކަލެކެވެ. އަލީ މަނިކުފާނަކީ ކަނޑުގެ ދިރުންތައް ދިރާސާ ކުރައްވާ ޢިލްމުވެރިއެކެވެ. ތިމާވެށީގެ ކަންކަމަށް އަހުލުވެރި ބޭފުޅެކެވެ. މާ ވަޑިއެކެވެ.

އެ މަނިކުފާނުގެ މާދަރީ ބަސްކަމުގައިވާ ދިވެހި ބަހުގެ އިތުރުން، އިނގިރޭސި، ހިންދީ، މަލިޔާލަމް، ޢަރަބި، ފްރާންސް، ރަޝިޔާ ބަސްތަކަށްވެސް ފަރިތަ ބޭފުޅެކެވެ. އަލީ މަނިކުފާނު ތަޢުލީމު ހޯއްދެވުމަށް ދަތުރު ކުރައްވާފައިވަނީ އިންޑިޔާގެ ކަންނަންނޫރަށެވެ. 3 އަހަރު ކަންނަންނޫރުގައި ކިޔަވާއި ވިދާޅުވުމަށްފަހުގައި އޭނާ ވަނީ އެނބުރި މަލިކަށް ވަޑައިގެންފައެވެ. އަދި އެއަށްފަހު މަލިކުގައި ކަނޑުގެ ދިރުންތަކުގެ އިތުރުން ތިމާވެށީގެ ގިނަ ކަންކަން ދިރާސާ ކުރައްވަން ފެއްޓެވިއެވެ.

ނަތީޖާއެއްގެ ގޮތުން، އިންޑިޔާ ކަނޑުން ކުރިން ފެނިފައިނުވާ މަހަކަށްވެސް ނަންދެވިފައިވަނީ އަލީ މަނިކުފާނުގެ ނަމާއި ގުޅުވައިގެންނެވެ. ޑރ. ޖޯންސް އޭނާގެ ފޮތެއްކަމަށްވާ 'ފިޝަސް އިފް ލަކަޑިވް އާކެޕިލާގޯ' ގައިވެސް އަލީ މަނިކުފާނުގެ ވާހަކަ ވަނީ ލިޔެފައެވެ. ހަމައެހެންމެ، އަލަށް ހޯދާފައިވާ މި މަހުގެ ނަމަކަށް 'އަބޫދެފްދަފް މަނިކްފަނި'ގެ ނަމުން ވަނީ ނަން ދީފައެވެ.

މި ފޮތަކީ، އަލީ މަނިކުފާނުގެ ޢިލްމުވެރިކަމުގެ އަލިގަދަ ހެއްކެއްވެސް މެއެވެ. މި ފޮތުގައި، އޭނާގެ މަސައްކަތުން ގިނަ ޢަދަދެއްގެ ކަނޑުގެ ދިރުންތައް އެއްކުރައްވައި، އެތަކެއްޗަށް އަމިއްލަ ބަހުރުވައިން ނަންދެއްވައި، ގިނަ ޢަދަދެއްގެ ދިރާސާތައް ކުރައްވާފައިވެއެވެ.

މީގެ އިތުރުން 1991 ވަނަ އަހަރުން ފެށިގެން. އަލީ މަނިކުފާނު ވަނީ ހަނދުމަހުގެ ކަލަންޑަރެއް ހައްދަވައި، އެއަށް ގިނަ ދިރާސާ ތަކެއް ކުރައްވައި، ދުނިޔޭގެ މުސްލިމުންގެ އަތްމަައްޗަށް އެ ދޫކުރައްވައި، އެ ކަލަންޑަރާއި އެ ގޮތަށް ދުވަސްތައް ތަރުތީބު ކުރުމަށްވެސް ގޮވާލާފައެވެ. އަދި މި ފަދަ ކަލަންޑަރެއް ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގްރެގޯރިއަން ކަލަންޑަރާއި ފުށުނާރާ ގޮތަކަށް މުސްލިމުންގެ ދުވަސްތައް ބައްޓަން ކުރުމަށެވެ. އަދި މި ކަލަންޑަރަށް އެކަށޭނަ ގިނަ ހިސާބުތަކެއް ހައްދަވާފައިވެއެވެ.

އަލީ މަނިކުފާނަކީ، މިއަދުވެސް މުޅި މަލިކު ފަޚުރުވެރިވާ ފަދަ ބޭކަލެކެވެ.އަލީ މަނިކުފާނު، އިންޑިޔާގެ އެންމެ ފަޚުރުވެރި ޕަދްމާ ޝްރީ އެވޯރޑު ލިބިގެންދިޔުމަކީ މިއަދު މުޅި މަލިކު ފަޚުރުވެރިވާނެ ކަމެއްވެސްމެއެވެ. ޝްރީ އަލީ މަނިކުފާނުގެ މަސައްކަތްތަކަކީ ދުވަހަކުވެސް މަލިކަށް އަގު ހަމަ ނުކުރެވޭނެ ފަދަ އަގު ބޮޑު މަސައްކަތްތަކެކެވެ.

އިންޑިޔާއިން ކޮންމެ އަހަރުވެސް އެކިއެކި ފަރާތްތަކަށް ދެމުން އަންނަ ޕަދްމާ އެވޯރޑްސްއަކީ އެ ޤައުމުގައި މީހަކަށް ލިބޭނެ އެންމެ ޝަރަފުވެރި އެވޯރޑުވެސްމެއެވެ. ޕަދްމާ އެވޯރޑްސްއަކީ ފާހަގަކޮށްލެވޭ ރޮނގަކުން، ތަފާތު ގިނަ ކަންތައްތަކެއް ހާސިލްކޮށް، ތަފާތު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ޤައުމުން ދެމުން އަންނަ އެވޯރޑެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

 1. ޕަދްމާ ޝްރީ އެއީ އިންޑިއާގެ ސަރުކާރުން މަދަނީ ޚިދުމްތެރިންނަށް ދޭ އެންމެ މަތީ އިނާމެއް ނޫނެވެ. އެއީ ހަތަރުވަނައަށް އެންމެ މަތީ އިނާމެވެ.
  މިގޮތުން ދެވޭ އިނާމުތައް ތަރުތީބުން މިދަންނަވަނީއެވެ.
  1-ބާރަތު ރަތްނާ
  2-ޕަދްމާ ވިބޫޝަން
  3-ޕަދްމާ ބޫޝަން
  4-ޕަދްމާ ޝްރީ

ހިޔާލު ދެއްވާ!

Your email address will not be published.