މިދިޔަ އަހަރު ހއ. ކެލައިން ދޫކުރި ގޯތިތައް ރަޖިސްޓްރީ ނުކުރާނަމަ ބާޠިލްކުރާނެކަމަށް ކެލާ ކައުންސިލުން ބުނެފި އެވެ.
ކެލާ ކައުންސިލުން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރު ހއ. ކެލާ އިން ދޫކުރި 68 ގޯތި ތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރާ ގޯތިތައް 2021 ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ދަންނަވާކަމަށެވެ.
އަދި މިމުއްދަތުގައި ރަޖިސްޓްރީ ނުކުރާ ބަންޑާރަ ގޯތިތައް އިތުރު އެންގުމަކާނުލާ ބާޠިލްކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ކެލާ ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރު ގޯއްޗަށް އެދި ކުރިމަތިލުމަށް އެކައުންސިލުން ހުޅުވާލި ފުރުސަތުގައި 115 މީހަކު ކުރިމަތިލާފައިވެއެވެ.
ކެލާގެ އާބާދީ އުޅެނީ 2600 އަށް ވުރެ މަތީގައެވެ. ބިމުގެ ގޮތުން ތަނަވަސް އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2009 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!