ހއ. މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޢުލާންކޮށްފި އެވެ.
އެމިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ މިމަހުގެ25 ވަނަދުވަހު މާފަންނު އިޖުތިމާޢީ މަރުކަޒުގައި އެދުވަހުގެ 12:30 ގައި ކަމަށެވެ.
އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިއަންނަ މަހުގެ4 ވަނަ ދުވަހު12:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) ގަ އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވަނީ އެރަށު ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!