ޕޯސްޓުން ފައިނޭންޝަލް ހިދުމަތްތައް ފުޅާކޮށް، ޕޯސްޓަލް ބެންކިންގެ ހިދުމަތް ފަށަނީ

C2E71C91-98DE-4938-82D5-654FDEFEAB50

މޯލްޑިވްސް ޕޯސްޓުން ފައިނޭންޝަލް ހިދުމަތްތައް ފުޅާކޮށް، ޕޯސްޓަލް ބެންކިން ސަރވިސް ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ، މިކަމަށް އޮތް ފުރުސަތުތައް ދިރާސާކޮށް ދެނެގަތުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކޮންސަލްޓަންސީ މަސައްކަތް ފެށުމުގެ ގޮތުން އަލްފާޟިލާ ފާތުމަތު ޝަފީގާ އާއި އެކު އެމް.އޯ.ޔޫ އެއްގައި އިއްޔެ ސޮއިކުރެވުނުކަމަށެވެ.

ޕޯސްޓަލް ބޭންކިން އަދި ތަފާތު ފައިނޭންޝަލް ޚިދުމަތްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕޯސްޓް މެދުވެރިކޮށް ވަކިން ޚާއްސަކޮށް ރަށްފުށުގެ އާބާދީތަކަށް ފޯރުކޮށްދޭ ޚިދުމަތަކަށްވާތި، މި ކޮންސަލްޓެންސީގެ ބޭނުމަކީ ރާއްޖޭގައިވެސް ޕޯސްޓަލް ބޭންކިންގެ ޚިދުމަތް ތަޢާރަފް ކުރުމުގައި އޮތް ފުރުސަތުތައް ބަލާ އެއަށް ބޭނުންވާ ކަންކަން ރާވާ ވިލަރެސް ކުރުންކަމަށް ޕޯސްޓުން ބުނެއެވެ.
މީގެއިތުރުން، ޕޯސްޓުން ބުނީ އެއްތަނަކުން ތަފާތު ޚިދުމަތްތައް ދޭ "ވަން ސްޓޮޕް ސާރވިސް ސެންޓާރ" އެއް ގެ ގޮތުގައި ޕޯސްޓު ތަރައްގީ ކުރުމަކީ މޯލްޑިވްސް ޕޯސްޓުގެ ސްޓްރެޓެޖިކް އަމާޒެއްކަމަށެވެ.

މޯލްޑިވްސް ޕޯސްޓް އިން ފޯރުކޮށްދޭ މައިގަޑު ޚިދުމަތްތައް:
1 – އިންޓާރނެޝަނަލް އަދި ޑޮމެސްޓިކް މެއިލްގެ ޚިދުމަތްތައް
2 – މެއިލް ޑެލިވަރީ ހިދުމަތް
2 – ފައިނޭންޝަލް ސާވިސަސް
3 – އީ-ކޮމާސް
4 – އެޖެންސީ ސާވިސަސް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި