ހއ. އިހަވަންދޫގައި ސްލިޕްވޭއެއް އަޅައި ތަރައްޤީކޮށް ހިންގާދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

އިހަވަންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިހަވަންދޫގައި ސްލިޕްވޭއެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ބޭނުންވާ ކަމަށާއި މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 15 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:15 އަށް ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހު 13:15 ގެ ކުރިން ކައުންސިލް އިދާރާ އަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އެ ކައުންސިލުން ކުދި އިއުލާން ގައި ބުނެފައިވެ އެވެ .

Ad
rt

މީގެ އިތުރުން ކައުންސިލުން ބުނެފައިވަނީ މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި މިމަސައްކަތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު 9777544 ނަންބަރު ފޯނާ ގުޅުވުއްވައިގެން ސާފުކުރެއްވުމަށް ކައުންސިލުން އެދެއެވެ.

އިހަވަންދޫއަކީ ގިނަ ޢަދަދެއްގެ އޮޑި ދޯނި ފަހަރު ގެންގުޅޭ، އުތުރުން ގިނަ ޢަދަދެއްގެ މަސްވެރިން އެރަށަކަށް ނިސްބަތްވާ ރަށެކެވެ.