ޕްރެންޑް އިންވެސްޓްމެންޓްގެ ފަރާތުން ހއ.މުރައިދޫގައި ހުޅުވި އޭ.އެސް.އޭ މާޓްގެ "އޯޕަނިން ސޭލް" ޙާއްސަ އިނާމްތަކާއި އެކު ފަށައިފި އެވެ.
ގޭތެރޭގެ ސާމާނުތައް އެއްތާކުން އަގުހެޔޮކޮށް ލިބޭ މި ފިހާރަ ހުޅުވާފައިވާނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
އެ ފިހާރައިގެ ފަރާތުން އަސްރަރް އަބްދުﷲ މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފިހާރަ އަކީ އަގު ހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި އެއްތާކުން ލިބޭނެ އިންތިޒާމް އެރަށުގެ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.
އޯޕަނިން ސޭލްގައި މި ފިހާރަ އިން 200 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރައްވައި ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ކޫޕަން ހޯއްދަވައިގެން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގު ބޮޑެތި އިނާމުތައް ދޭން ހަމަޖެހިފައިވާ ކަމަށާއި މި ޕްރޮމޯޝަން ކުރިއަށް ދާނީ 1 ޑިސެމްބަރު 2020 ވަނަ ދުވަހުން ފެށިގެން 31 ޖެނުއަރީ 2021 ގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަސްރަރް ވިދާޅުވީ ގުރުއަތުން ހޮވޭ ފަރާތަކަށް 1 ވަނައަށް، "32 އިންޗީގެ ޓީވީއެއް އަދި 2 ވަނަ އަދި 3 ވަނަ އަށް ހޮވޭ ފަރާތަކަށް ވަރަށް ޚާއްޞަ އިނާމް ތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ގުރުއަތުން ހޮވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި ކަމަށެވެ.
Visit Our Shop👇🏾
#ASAMART
Posted by A.S.A MART on Monday, November 23, 2020
އެގޮތުން މި އަންނަ ރޯދަ މަހާއި ދިމާކޮށް މިފަދަ މުޅިން އާ ތަފާތު ބޮޑު ޕްރޮމޯޝަނެއް ބޮޑެތި އިނާމުތަކާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ފިހާރަ ހުޅުވި ދުވަހުވެސް ވާނީ "ސްޕެޝިއަލް އަވާރ" ގެ ނަމުގައި ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައިކަމަށް އަސްރަރް ވިދާޅުވި އެވެ.
މުރައިދޫ އަކީ ހއ. އަތޮޅަށް ނިސްބަތްވާ 45 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ. މި ހުޅުވިގެން ދިޔަ ފިހާރާއިގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެ ފިހާރައިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!