ހދ. މަކުނުދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މަކުނުދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.

Ad
rt

މިގޮތުން އެކައުންސިލުން ރޭ 11 ޖަހާކަށްހާއިރު އާންމު ކުރި ޚާއްޞަ ދެއްނެވުމެއްގައި ބުނީ އެރަށުގައި ހޯމް ކަރަންޓީންގައި ތިބި 2 މީހަކު ކޯވިޑް-19 އަށް ފައްސިވުމާ ގުޅިގެން ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެކަން ހާމަ ކުރަށްވާ ކަމަށެވެ.

''މި ދަނޑިވަޅަކީ ހަމަ ކޮންމެ ފަރުދަކީވެސް އެ ބޭފުޅެއްގެ ފަރުދީ ޒިންމާ ނަންގަވައިގެން، އެޗް.ޕީ.އޭ އިން އެކުލަވާލައްވާފައިވާ ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވާންވީ ވަގުތެކެވެ. މިގޮތުން ބޭރަށް ނިކުމެ އުޅޭނަމަ މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން އަތްދޮވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ކަރަންޓީން ކުރެވިފައިވާ ގޭގެއަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސްކުރަމެވެ.''

މަކުނުދޫ ކައުންސިލުން އާންމު ކުރި ދެންނެވުމުގައި ބުނެފައި ވެއެވެ.

މީގެއިތުރުން ކަރަންޓީން ކުރެވޭ ފަރާތްތަކުންވެސް އެޗް.ޕީ.އޭ އިން ކަނޑައަޅުއްވާފައިވާ އިންތަކަށް ތަބާވެ، ކަރަންޓީން އުޞޫލުތަކާ
ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށް މަކުނުދޫ ކައުންސިލުން ނަސޭޙަތްތެރިވެފައި ވެއެވެ. މިގޮތުން ކަރަންޓީން ކުރެވޭ ތަނުން ބޭރަށް އެއްވެސް ވަރަކަށް ނުނިކުތުމަށް އަންގައި، ކޮންމެ ފަރުދަކުވެސް އަނެކާއަށް އިޙްތިރާމްކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މަކުނުދޫ ހޯމް ކަރަންޓީނުގައި ތިބި 2 މީހެއް ކޯވިޑަށް ޕޮޒިޓިވް ފައިވާއިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަ ކުރެއްވި ގޮތުގައި އިއްޔެ އިރުއޮއްސި 6 އާއި ހަމައަށް ރާއްޖެއިން އިތުރު 37 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޯވިޑް ނަންބަރު ވަނީ 13،143 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ ތިބީ 890 މީހުންނެވެ. މިހާތަނަށް 12،199 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައެވެ. އަދި އެބަލީގައި 47 މީހަކު ވަނީ މަރުވެފަ އެވެ. އެބަލި ޖެހިފައިވާ 78 މީހަކަށް މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ.