ށ. ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވުމުގެ ގޮތުން ށ.ފޭދޫ އަންހެން ކަނބަލުން އިސްނަގައިގެން މާދަމާ ކުޅުދުއްފުށީ ސިޓީގައި ފަންޑްރައިޒިން ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.
ށ. ފޭދޫ އަންހެން ކަނބަލުން ގެ އިސްނެއްގެވުމުގެ މަތިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އިވެންޓް މާދަމާ، 5 ޑިސެމްބަރުވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސުކޫލު ކުރިމަތީގައެވެ.
އެ އިވެންޓް ފެށުމަށް ނިންމާފައި ވަނީ މެންދުރު ފަހު 14:30 ގައެވެ. ސާމީއަށް އެހީ ތެރިވުމުގެ ގޮތުން ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްގައި ބައިވެރިވުމަށް އިވެންޓް އިންތިޒާމްކުރާ ކަނބަލުން ވަނީ އެދިފައެވެ.
އަޙްމަދު ސާމީގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
ބީއެމްއެލް އެކައުންޓު ނަންބަރު :
7724533055001 MVR އަޙްމަދު ސާމީ
7730000204472 USD އަޙްމަދު ސާމީ
ފޯނު ނަންބަރު:
އަޙްމަދު ސާމީ 9143010
ރަޝާދު ސަޢީދު- ބައްޕަ 7938422
ސާމީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ށ. އަތޮޅުގެ ބައެއް ރަށްރަށުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ށ.ފޭދޫ ކައުންސިލުންވެސް ވަނީ އެ އިދާރާގައި މަސައްކަތް ކުރަމުންދާ އެންމެހާ މުވައްޒަފުންގެ އެއްދުވަހު މުސާރަ، ސާމީގެ އާއިލާއަށް ހަދިޔާ ކޮށްފައެވެ. އަދި ށ. ފޭދޫ އާއި ށ. ނަރުދޫ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންގެ ފަރާތުންވެސް ވަނީ ސާމީއަށް ފައިސާގެ އެހީއެއް ދީފައެވެ.
މީގެއިތުރުން ށ. މިލަންދޫ ކައުންސިލްގެ ފަރާތުންނާއި އެރަށު ޒުވާނުން، ށ.ފޯކައިދޫ ކައުންސިލާއި ރައްޔިތުން، ށ. ކޮމަންޑޫ ކައުންސިލާއި ރައްޔިތުން، ށ. މަރޮށި ރައްޔިތުން، ށ. ބިލެތްފަހި ކައުންސިލްއިދާރާއާއި، އޮފީސްތަކުގެ މުވައްޒަފުން އަދި ފޭދޫ އެންވަޔަރަމަންޓް އެސޯސިއޭޝަން ވަނީ ސާމީއަށް އެހީތެރިވުމަށް ފައިސާ ހަދިޔާ ކޮށްފައެވެ.
މީގެއިތުރުން ހދ. ވައިކަރަދޫ ވޮލީޓީމާއި، ފޭދޫ އަންހެން ކަނބަލުންނާއި އަދި މިނޫންވެސް ގިނަ ފަރާތްތަކަކުން އަންނަނީ ސާމީއަށް އެހީތެރިވުމަށް ފައިސާ ހަދިޔާ ކުރަމުންނެވެ.
ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވުމުގެ ގޮތުން ށ.ފޭދޫ އަންހެން ކަނބަލުން އިސްނަގައިގެން މާދަމާ ކުޅުދުއްފުށީ ސިޓީގައި ފަންޑްރައިޒިން ހަރަކާތެއް ހިންގުމަށް ނިންމާފައިވާއިރު، މާދަމާއަކީ ހޮނިހިރު ދުވަސްކަމަށްވެފައި، އާންމު ގޮތެއްގައި ހޮނިހިރު ދުވަސްތަކަކީ ކުޅުދުއްފުށީ ސިޓީއަށް އުތުރުގެ 3 އަތޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ދުވަހެއްކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!