ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓަށް މިއަދު ބަދަލުތަކެއް ގެނެސްފިއެވެ
ބީއެމްއެން އިން މިލޯނާއި ގުޅޭގޮތުން ބުނީ، މިއަދުން ފެށިގެން ދަށްކުރެވުނު އިންޓްރެސްޓާއެކު ކަސްޓަމަރުންނަށް 500،000(ފަސް ލައްކަ) ރުފިޔާއާ ހަމަޔަށް %15 އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެ ކަމަށެވެ.
ބީއެމްއެލްއިން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އިންޓްރެސްޓް ދަށްވުމާއެކު އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދުވެގެންދާނީ އެންމެ ކުޑަ އަދަދުގެ ގޮތުގައިކަމަށާއި މި ލޯން އެއްވެސް އިތުރު ރަހުނަކާ ނުލާ ދޫކުރާއިރު ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށެވެ.
ބީއެމްއެލް ވެހިކަލް ލޯން ކުރިން ދޫކުރަމުން އައީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެބޭންކުން ބުނެ އެވެ
ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް މިވަނީ %12 އަށް އިތުރަށް ދަށްކުރެވިފައިވާކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެ އެވެ.
"މި ބަދަލާއެކު މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލް އިން. މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ %12 އަށް އިތުރަށް ދަށްކުރެވިފަ. މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ
މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވި އެވެ. ވެހިކަލް ލޯނާއި ފައިނޭންސިންގ އަށް މިއަދު ގެނެވުނު ބަދަލުތަކާއެކު ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދުވެސް ގަނެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!