ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ. އަތޮޅުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

"ކުލަބް ޕޯލްސްޓަރ އަންހެން ވޮލީ މުބާރާތް 2020" ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހއ. އިހަވަންދޫގެ އެންމެހާ އަންހެން ކަނބަލުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހއ. އަތޮޅުގައި ހުރި ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމާޢަތްތަކާއި، ހއ. އަތޮޅުގައި ހުރި ސަރުކާރު ކުންފުނިތަކަށްވަނީ ހުޅުވައިލާފަ އެވެ.

Ad
rt

04 ޑިސެމްބަރ 2020 ވާ ހުކުރު ދުވަހުގެ ރޭ އިހަވަންދޫ ހުރަވީގައި ތައްޔާރު ކުރެވިފައިވާ ވޮލީ ކޯޓުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުށް ފޯމު ހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚަކީ 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހެވެ. މުބާރާތުގައި ބައިވެރި ވުމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާގެ ފީއަކާއި އެކުގައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ޤަވާއިދު ކުލަބް ޕޯލްސްޓާރގެ އޮފީހުންނާއި އެ ޖަމްއީއްޔާގެ ފޭސްބުކް ޕޭޖުން ލިބިލައްވާނެ ކަމުގައި އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

މި މުބާރާތާއި ގުޅޭ ގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ކުލަބް ޕޯލްސްޓަރ ގެ ސެކެއްޓަރީ މޫސާ އަބްދުލް ހަފީޒް ބުނެފައިވަނީ މި މުބާރާތް ހިންގުމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ހުނަރުވެރި އަންހެން ވޮލީ ކުޅުންތެރިން އުފެއްދުމާއި، އަތޮޅުގެ ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން ޤާއިމު ކުރުމުގެ އިތުރުން އެ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ސަރުކާރު ކުންފުނިތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުން ކަމަށެވެ.

Club PoleStar ge Anhen Volley Mubaarayy 2020

Posted by Club Polestar (CPS) on Monday, November 16, 2020

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 17000 (ސަތާރަހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 7000 (ހަތްހާސް ރުފިޔާ) އެވެ.

ކުލަބު ޕޯލްސްޓަރގެ އަންހެން ވޮލީ މުބާރާތް 2020 ގެ ޤަވާއިދު އަދި ފޯމްތައް
https://drive.google.com/drive/folders/1PF_3EzyMxBOcB5Z2Lnf9nr-C5sLZRZt7?usp=sharing

Posted by Club Polestar (CPS) on Monday, November 16, 2020

ކުލަބް ޕޯލްސްޓަރ ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރެވިގެން އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.