ހއ. ތަކަންދޫއަށް ލެއްގި ބޮޑުމަސް ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން ބޭރުކޮށްލައިފި އެވެ.
"ތިލަދުން" އާ ވާހަކަ ދައްކަވަމުން ތަކަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ނިޔާޒް ވިދާޅުވީ، މިމަސް ބޭރުކޮށްލާފައިވަނީ އެމްއެންޑީއެފްގެ ލަފާގެ މަތިން އޮޔާއި ވައި މިވަގުތު ހުރިގޮތް ބެލުމަށް ފަހު ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން މާރަންދޫ އާއި ތަކަންދޫއިން ނެއްޓޭގޮތަށް މާކަނޑަށް ކަމަށެވެ. މިމަސް ގެންގޮސްފައިވަނީ ބޮޑު މަހުގެ ނިގުލުގައި ވަލެއް އެއްސުމަށްފަހު ދޯންޏެއްގައި ކަފަޖަހައިގެން ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ މިކަމުގައި އެމްއެންޑީއެފްގެ އެހީތެރިކަން ލިބިފައިވާކަމަށާއި ރަށުގެ ރައްޔިތުން އަދި ޒުވާނުންވެސް މިކަމުގައި ބައިވެރިވެފައިވާކަމަށެވެ.
ތަކަންދޫ އިރުމަތި ފަރާތު ގޮނޑުދޮށަށް ބޮޑު މަސް ލައްގާފައި ވަނީ ހެނދުނު 8:00 ހާއިރުއެވެ. މިމަސް އެރަށަށް ލެއްގުމުގެ ސަބަބުން އެރަށުގެ ތެރޭގައި ވަނީ ވަރަށް ގަދަޔަށް ކުނިވަސް ފެތުރިފައެވެ. ނިޔާޒް ވިދާޅުވީ ގިނަ ދުވަސްވުމުގެ މަސް ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށާއި މަސް ބޭރުކޮށްލުމުން މިހާރު ރަށުތެރޭގައި އެއްވެސް ވަރަކަށް ކުނިވަސް ނުދޮވާކަމަށެވެ.
މީގެ ކުރިން އެމްއެންޑީއެފް އިން ބުނެފައިވަނީ ތަކަންދޫ އަށް ލެއްގި ބޮޑުމަހެއް، ނައްތާލުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޯރދާން އޭރިޔާ ގެ ސިފައިންނާއި ތަކަންދޫ، ރަށުކައުންސިލް ގުޅިގެން ކުރަމުން ދާކަމަށެވެ.
Ha.Thakandhoo ah lavvi bodumaheh, nahthaalumuge masaikathugai MNDF Northern Area ge sifainnai Thakandhoo, Rashu Council gulhigen kuramun dhanee.
Posted by Maldives National Defence Force on Saturday, November 7, 2020
ރާއްޖޭގެ ރަށްތަކަށް މަދުން ނަމަވެސް، މި ފަދަ ބޮޑު މަސް މަރުވެގެން ލައްގައެވެ. ރާއްޖެ ޤުދުރަތީ ގޮތުން އެތުރިފައިވާ ސަރަހައްދަށް ބަލާއިރު، މިއީ ގިނަ ޢަދަދެއްގެ ބޮޑު މަސް ދަތުރު ކުރާ ސަރައްދެކެވެ. އެހެންކަމުން، ރާއްޖޭގެ ސަރައްދުން މަދުން ނަމަވެސް މި ގޮތަށް މަރުވެގެން ލައްގާ ބޮޑު މަސްފެނެއެވެ.
https://thiladhun.wonstasite.com/46864
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!