ހއ. ކެލާގެ ދަނޑުބިން ބޭނުން ކުރުމާއި، ގޯތިން ބޭރުގައި ރުއްގަސް އިންދުމާއި، އަދި ރަށުތެރޭ ހުރި ހުސްބިންތައް ދޫކުރުމާއި ބެހޭ ޤަވައިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާއިން ގެޒެޓު ކޮށްފައިވާ ޢާންމު އިޢުލާނެއްގައިވަނީ، މި ޤަވައިދަށް ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 25 އޮކްޓޯބަރުން ފެށިގެން 7 ދުވަސް ތެރޭގައި އެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށެވެ.
ޚިޔާލު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލް އިދާރާގެ އީމެއިލް info@kelaa.gov.mv އީމެއިލް ކޮށްލެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އަދި އެ އިދާރާގެ ވައިބަރ ނަމްބަރު 9650027 އަށް ޚިޔާލު ހުށަހެޅުމުންވެސް ބަލައިގަންނާނެ ކަމަށް އެކައުންސިލުން ވިދާޅުވެ އެވެ.
ކެލާ އަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ބިން ބޮޑު ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!