މިމަހުގެ 7 ވަނަ ދުވަހު ދިއްދޫއިން ކޯވިޑްއަށް ޕޮޒިޓިވްވީ 3 ފުލުހުންގެތެރެއިން ފުލުހެއްގެ އަންހެނުން ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ މިއަދު ނަތީޖާ ލިބުނު 5 ސާމްޕަލްގެ ތެރެއިން ޕޮލިސް ކުލަސްޓަރ އާއި ގުޅޭ ސާންޕަލް އެއް ޕޮޒިޓިވް ވެފައިވާކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ 27 އަހަރުގެ އަންހެނެކެވެ.
އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން އިއްޔެ ހެނދުނާއި ހަމައަށް އުތުރުގެ ހއ. ހދ. އަދި ށ. އަތޮޅުން 137 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 7 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ 66 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 10،808 އަށް އަރާފަ އެވެ.
އަލަށް ޕޮޒިޓިވްވި 66 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 60 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 6 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 12 ބިދޭސީންނެވެ.
ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި މިވަގުތު 1113 މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 369 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 74 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު ވަނީ 42 މީހުން ބަލިން ރަނގަޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!