ހއ.މުރައިދޫގެ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެން "މުރައިދޫ ވޮމެންސް ފުޓްސަލް ޗެލްންޖް 2020" ނަމުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ޓީމުތަށް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކޮށްފައިވާ ޓީމަތަކަކީ ވައި ކާންޓް ވީ، މޫނިމާ ކަންމަތި، ޕްރެޓީ ޕެކްސްގެ އިތުރުން ޓީމު ފޯމަލީ އިން ޝޭޕްއެވެ.
މުބާރާތުގެ ސެމީފައިނަލަށް ވައި ކާންޓް ވީ ދަތުރު ކޮށްފައި ވަނީ އެ ޓީމުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް ލިބުނު ފަނަރަ ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޓީމް މޫނިމާ ކަންމައްޗަށް ޕޮއިންޓް ތާވަލުގެ ދެވަނަ ލިބިފައިވަނީ އެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސްމެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ ލިބުނު 10 ޕޮއިންޓާއި އެކުގައެވެ. ހަތް ޕޮއިންޓް ލިބިގެން ޕްރެޓީ ގާލްސް ޕޮއިންޓް ތާވަލުގެ ތިންވަނަ ހޯދިއިރު، ޓީމް ފޯމަލީ އިން ޝޭޕްސް ޕޮއިންޓް ތާވަލުގެ ހަތަރުވަނަ ހަ ޕޮއިންޓާއި އެކުގައެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީމް ވައި ކާންޓް ވީ އާއި ފޯމަލީ އިން ޝޭޕްސްއެވެ. އަދި ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޓީމް މޫނިމާ ކަންމައްޗާއި ޓީމް ޕްރެޓީ ޕެކްސްއެވެ.
ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 02 އޮކްޓޯބަރ 2020 ވާ ހުކުރު ދުވަހުގެ ރޭ މުރައިދޫ ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގެ އިންތިޒާމް ކޮމެޓީން މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަޤުޞަދަކީ އެ ރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރުދިނުމުގެ އިތުރުން ކުޅިވަރުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުން ކަމަށެވެ.
މިމުބާރާތުގެ މެޗްތައް މުރައިދޫ ޓީވީ އެފްބީ ޕޭޖްއިން އަންނަނީ ވަގުތުން ދައްކަމުންނެވެ.
މުރައިދޫއަކީ ދިވެހިރާއްޖޭގެ އެންމެ އުތުރަށް އޮންނަ ހއ.އަތޮޅަށް ނިސްބަތްވާ ގާމަތީ ރަށެކެވެ. ޖުމްލަ 45 ހެކްޓަރު ހުންނަ މި ރަށުގައި މީހުން ދިރިއުޅެނީ 11 ހެކްޓަރުގެ ސަރަހައްދެއްގައި ކަމަށްވާތީ ހުސްބިމުގެ ގޮތުގައި 34 ހެކްޓަރުގެ ބިން އޮވެއެވެ. މި ރަށުގެ އާބާދީއަކީ 452 އަންހެނުންނާއި 452 ފިރިހެނުންނެވެ. ޖުމްލަ 904 މީހުންނެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ އެއްބަޔަކު މާލޭގައި ދިރިއުލެމުންދާއިރު އަނެއްބަޔަކު ވަސީލަތްތައް ގިނަ ރަށްރަށަށް ހިޖުރަކޮށްފައިވުމާއި ގުޅިގެން ރަށުގައި ދިރިއުޅެމުން ދަނީ 600 ވަރަކަށް މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!