ފެން ބިލު ދައްކާއިރު މައުލޫމާތު ފުރިހަމަ ކުރަން އެމްޑަބްލިއުއެސްސީ އިން އެދެފި

large_156506912337RW8P

ފެން ބިލު ދައްކާއިރު މައުލޫމާތު ފުރިހަމަ ކުރަން މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެދެފި އެވެ.

ސަރުކާރު ހިއްސާވާ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ ގެ ބިލު އެ ކުންފުނީގެ އެޕުން ޑައިރެކްޓް ބޭންކް ޓްރާންސްފާ އަދި ޗެކުން ދައްކާއިރު ކަސްޓަމަރުންގެ އެކައުންޓް އަޕްޑޭޓް ނުވަނީ ކުންފުނިން އެދިފައިވާ ފޯމު ފުރިހަމަ ނުކުރާތީ ކަމަށް އެ ކުންފުނިންވަނީ ބުނެފެ އެވެ.

އެކުންފުނިން ބުނެފައިވަނީ އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭ ހިދުމަތްތަކަށް ޗެކް އަދި ޑައިރެކްޓް ބޭންކް ޓްރާންސްފާ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކި ކަމުގައި ވީނަމަވެސް ބައެއް ކަސްޓަމަރުންގެ އެކައުންޓް އަޕްޑޭޓްވުމުގައި ލަސްތަކެއް ހުރި ކަމަށެވެ.

އެގޮތަށް، ދިމާވަނީ، ޑައިރެކްޓް ބޭންކް ޓްރާންސްފަ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމަށްފަހު އެކުންފުނިން އެދިފައިވާ ގޮތުގެމަތިން ޑައިރެކްޓް ބޭންކް ޓްރާންސްފަ ލިންކް ފޯމް ފުރިހަމަ ނުކުރާތީ ކަމަށް ފެން ކުންފުނިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފައިސާ ދައްކާ ނިމުމުން ލިންކުގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީއެންމެ އަވަހަކަށް މަޢުލޫމާތު ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތް ބޭނުން ކުރާއިރު އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޯވިޑް19 އާއި ގުޅިގެން ގިނަ ކުންފުނިތަކުން ވަނީ ބިލަށް ފަައިސާ ދެއްކުމާއި އިތުރު ހިދުމަތްތައް ވެސް އޮންލައިންކޮށް ކުރިއަށްގެން ދިޔުމަށް އެދިފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި