ކުޅުދުއްފުއްޓަށް ޖަމާވެފައިވާ ކުނިތައް ނަގާ ސާފުކޮށްދޭނެ ފަރާތެއް ހޯދަނީ

729C228E-232F-41E0-A4C0-ED6E739E58C8

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެދިލެއްވުމުގެ މަތިން ހދ.ކުޅުދުއްފުއްޓަށް ޖަމާވެފައިވާ ކުނިތައް ނަގާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީ އޮފް ފިނޭންސްއިން ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް އެއިޢުލާނުގައި ބުނެފައިވެ އެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20ސެޕްޓެންބަރު 2020 އިން  4 އޮކްޓޫބަރު 2020އަށް، އެމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ  ފޮނުއްވަންވާނެކަމަށް ބުނެފައިވެއެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 20 ސެޕްޓެންބަރު 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށާއި އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމުގައި ބަޔާންކޮށްފައި ވެއެވެ.

މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/75,000 (ހަތްދިހަ ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅުއްވަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ..

ބީލަން ހުޅުވުން އޮންނާނީ 5 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެކަމަށާއި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށީ ކުނިކޮށީގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެކަށީގެންވާ ގޮތުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ނެތް އިރު އެންމެ އެދެވޭ ގޮތުގައި ކުނިކޮށި ބަލަހައްޓަމުން ނުދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ ސިއްހީ މައްސަލައެކެވެ.

އެތަށް އަހަރެއް ވަންދެން ޖަމާވެ ފުނިޖެހިފައިވާ ކުޅުދުއްފުށީ ކުނިގޮނޑުގައި ހުރި ކުނިތައް ނަގައި އެރަށުގެ ކުނި މެނޭޖުކުރުމަށް ވެމްކޯއާ ހަވާލުކުރާނެ ކަމުގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވިފައިވެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޥަރަށް ޜަނގަޅު. މިކަނޤ ޚޮށް ނިންމީމަ މިއަދުގެ ރައްޔިތުން ގަބޫލް ކުރާނީ. ލޮލުގަ އަނދުން އަޅުވާ އަޅުވާ އަނދުން ގަނޑު ހުސްވެއްޖެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *